ދިގު އިންތިޒާރަކަށްފަހު ވޫހާންގައި ޑަބްލިއުއެޗްއޯގެ ތަހުގީގު ފަށައިފި

ދިގު އިންތިޒާރަކަށް ފަހު ކޮވިޑް-19 ފުރަތަމަ ފެނުނު ޗައިނާގެ ވޫހާންގައި ދުނިޔޭގެ ސިއްހަތާ ބެހޭ ވުޒާރާ (ޑަބްލިއުއެޗްއޯ) އިން ތަހުގީގު ފަށައިފި އެވެ.

ގިނަ ހުރަސްތަކަކަށްފަހު ޑަބްލިއުޗްއޯގެ ޓީމު ޗައިނާއަށް އަރުވާފައިވާއިރު ތަހުޤީގު ޓީމުގެ މަސައްކަތްތަށް ފެށިފައިމިވަނީ ކަރަންޓީނުގެ މުއްދަތު ހަމަވުމުންނެވެ. ތަހުޤީގު ޓީމުގެ ފުރަތަމަ މަސައްކަތަކަށް ވެފައިވަނީ ބަލިމަޑިކަން އުފެދުނުކަމަށް ބުނާ ޗައިނާގެ ވޫހާންގެ ސީފުޑް މާކެޓާއި، އެ ސަރަހައްދުގައި ހުރި ލެބޯޓަރީ ތަހުގީގު ކުރުމެވެ.

ޓީމަށް ޗައިނާއިން އެއްބާރުލުން ނުދޭކަމަށް ބުނެ އެ ޓީމުގެ އިސްވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

ޑަބްލިއުއެޗްއޯގެ ޓީމުން ގެންދަނީ މިހާރު ދުނިޔެއަށް ޖެހިފައިވާ ކޮވިޑް 19 އަކީ ޗައިނާއިން ފެށުނު އެއްޗެއްތޯ ޔަގީންކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަަމަވެސް ޗައިނާއިން ފުރަތަމަ ތުހުމަތު ކުރީ މި ވައިރަސްގެ ފެށުމަކީ އެމެރިކާއިން ކަމަށެވެ. އެހެން ނަމަވެސް ފަހުން ޗައިނާއިން ތުހުމަތު ކުރީ ވައިރަސް އައީ އިޓަލީން ކަމަށެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް