
ބުރުނާއީ ސަރުކާރުގެ ސްކޮލާޝިޕް ފުރުސަތު ދިވެހީންނަށް ހުޅުވާލައިފި
The-Government-of-_Brunei-Darussalam-Scholarships-2017_2018-for-Foreign-Students (1)
ބުރުނާއީ ސަރުކާރުން ސްކޮލާޝިޕް ފުރުސަތު ދިވެހީންނަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އިން އިއުލާނު ކޮށްފައިވާ ގޮތުގައި މި ސްކޮލާޝިޕްގައި ބުރުނާއިގެ ޔުނިވަރސިޓީ ބުރުނާއީ ދާރުއްސަލާމް (ޔޫ.ބީ.ޑީ) ޔުނިވަރސިޓީ އިސްލާމް ސުލްތާން ޝަރީފް ޢަލީ(ޔޫ.އެން.އައި.އެސް.އެސް.އޭ) ޔުނިވަރސިޓީ ޓެކްނޮލޮޖީ ބުރުނާއީ (ޔޫ.ޓީ.ބީ) ޕޮލިޓެކްނިކް ބުރުނާއީ (ޕީ.ބީ) އިން ބެޗްލަރސް ޑިގްރީ އާއި މާސްޓަރސް ޑިގްރީއިން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
2021 ފެބްރުއަރީ 7 ވަނަ ދުވަހު 13:30 ގެ ކުރިން މި ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު އެޕްލިކޭޝަން ހުށަހެޅުއްވޭނީ މިނިސްޓްރީގެ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދެއްވުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ.