logoEN
ޕީއެންސީ 2
އަދުރޭއާއި ޝުޖާއު ސިއްހީ ފަރުވާއަށް މާލެއަށް

އަދުރޭއާއި ޝުޖާއު ސިއްހީ ފަރުވާއަށް މާލެއަށް

އަހުމަދު ޝުރާއު

logo

1/28/2021, 1:06:52 PM

142677210_10158173929032695_5147594889850272510_n

އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ( ޕީއެންސީ )ގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދޫނިދޫއިން ސިއްހީ ފަރުވާއަށް މާލެ ގެނެސްފިއެވެ.

ޝަރީ 2024

އަދުރޭ އާއި ޝުޖާއު މިހާރު ވަނީ މާލޭގައި ހުންނަ ފުލުހުންގެ ނޫސަންދަ ކްލިނިކަށް ގެނެސްފައި އެވެ. އަދުރޭއާއި ޝުޖާއު ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިވަނީ ރޭގެ ވަގުތެއްގައި އެވެ. މިދެބޭފުޅުން ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރު ހެލްތު މިނިސްޓްރީ ކައިރީގައި އިދިކޮޅުން ކޮވިޑް ވެކްސިންއާއި ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން އެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުން މައުލޫމާތު ދީފައިވާ ގޮތުގައި މި ދެބޭފުޅުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށްޓަކައި މިއަދު މެންދުރު 14:00 ގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރާނެއެވެ.

މީގެ އިތުރުން ރޭ އިދިކޮޅުން މާލެގައި ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވަނީ ހައްޔަަރުކޮށްފައިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރުމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ މުޒާހަރާތައް އިތުރުމަށް އެ ކޯލިޝަންގެ ކައުންސިލަށް ގަރާރެއް ހުށަހަޅައިގެން ފާސްކޮށް ނިންމާފައިވެއެވެ.

އެއަށް ފަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަސް ކުރުމަށާއި އިންޑިއާގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ރައީސް ޔާމީން މިނިވަން ކުރުމަށް ވެސް އިދިކޮޅު ކޯލިޝަނުން ދަނީ މުޒާހަރާގެ އެކި ހަރަކާތްތައް ބާއްވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ