logoEN
cocacola
ރަށަށް ބަދަލުވާން ބޭނުންވާ 500 އާއިލާއަކަށް ސަރުކާރުން އެހީވަނީ

ރަށަށް ބަދަލުވާން ބޭނުންވާ 500 އާއިލާއަކަށް ސަރުކާރުން އެހީވަނީ

އަހުމަދު ޝުރާއު

logo

1/28/2021, 12:26:02 PM

EVUhSZ1UUAE0ItX-1

މާލޭގައި ދިރިއުޅެން ދަތިވެ , ރަށަށް ދާން ބަދަލުވާން ބޭނުންވާ 500 އާއިލާއަކަށް އެހީވާން ސަރުކާރުން ނިންމައިފި އެވެ.

ގޮސިޔާ

އެގޮތަށް ނިންމާފައިވާކަން ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވަނީ ފޭސްބުކް މެދުވެރިކޮށް އިއުލާން ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވިގޮތުގައި ވިދާޅުވީ، މާލޭގައި ދިރިއުޅެން ދަތިވެފައިވާ، ކުޑަކުދިންނާއެކު ދިރިއުޅޭ އާއިލާތައް، އެނބުރި ރަށަށް ދާން ބޭނުންވާ ނަމަ ސަރުކާރުން އެކަން ފަހިކޮށްދޭނެ ކަމަށެވެ. އެ ކަމަށް އެދޭ މީހުން، އެ މިނިސްޓްރީގެ ނަމްބަރު 1421އަށް ގުޅުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

އަމިއްލަ ރަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެކަން ކުރުމަށް، އެ މިނިސްޓްރީން މިހާރު ވަނީ "އަމިއްލަ ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުން" ނަމުގައި ހާއްސަ އުސޫލެއް އެކުލަވާލާފަ އެވެ. އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން ރަށަށް ބަދަލު ކުރާނީ އަމިއްލައަށް އެކަމަށް އެދޭ މީހުންނެވެ. އަމިއްލަ މީހެއްގެ ބަދަލުގައި އެއީ އާއިލާއަކަށް ވާން ޖެހެ އެވެ. ކުޑަކުދިން ތިބޭނަމަ، އިސްކަން ދޭނެ އެވެ.

މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 26 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދެއެވެ. ޕްރޮޖެކްޓުގެ ތެރެއިން، ރަށަށް ބަދަލުކުރާނެ މީހުން ކަނޑައަޅާނީ، އެކަމަށް އެދޭ މީހުން އެސެސް ކުރުމަށް ފަހުގައި ކަމަށާއި އެސެސްކުރާ ކޮމިޓީގައި ހުރިހާ މިނިސްޓްރީ އަކާއި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ އޮފިޝަލުން ހިމެނިވަޑައިގަންނަވާނެ ކަމަށްވެސް ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި އެހީދޭނީ، މާލޭ ސަރަހައްދުން ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށެވެ. އޭގެ ފަހުން، އެއްް ރަށުން އަނެއް ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް އެހީ ހަމަޖައްސައިދޭނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ