ހުވަދުއަތޮޅު އުތުރުބުރީގެ އަތޮޅު ހޮޮސްޕިޓަލް ، ގއ އަތޮޅު ހޮސްޕިޓަލަށް ނަރުހުން ހޯދުމަށް އިއުލާންކޮށްފި އެވެ.
ގއ އަތޮޅު ހޮސްޕިޓަލުން ގެޒެޓުކުރި އިއުލާނެއްގައި ވާގޮތުގައި ނަރުހުން ހޯދުމަށް އިއުލާންކޮށްފައިވަނީ އެ ހޮސްޕިޓަލަށާއި ހޮސްޕިޓަލުގެދަށުން ހިނގަމުންދާ ޞިއްޙީމަރުކަޒުތަކަށެވެ. މީގެއިތުރުން މިއިއުލާނުގައި ބުނެފައިވާ ގޮތުގައި ވާޒީފާގެ ފުރުސަތު ހުޅުވާލައިފައިވަނީ ރެޖިސްޓަރޑް ނާރުހުންނާއި ސީނިއަރ ރެޖިސްޓަރޑް ނާރުހުންގެ އިތުރުން ކްލިނިކަލް ނަރުހުންނަށެވެ. އެގޮތުން ޖުމުލަ 26 ދާއިމީ ނަރުހުން ހޯދުމަށް ވަނީ އިއުލާން ކޮށްފައެވެ.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފަހުގެ ތާރީހަކީ 07 ފެބުރުއަރީ 2021 ވަނަ ދުވަހުގެ 14:00 އެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ގއ އަތޮޅު ހޮޮސްޕިޓަލުންނާއި އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަތުމަށް ވަނީ ހަމެޖެހިފައިއެވެ. އެހެންނަމަވެސް އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމަށްވެސް ވަނީ ނިންމާފައިއެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އިންޓަރވިއުތަށް ކުރިޔަށް ގެންދިޔުމަށް ނިންމައިފައިވަނީ ، 10 ފެބުރުއަރީ 2021 ވަނަ ދުވަހުން ފެށިގެން 25 ފެބުރުއަރީ 2021 ގެ ނިޔަލަށް ގއ އަތޮޅު ހޮސްޕިޓަލްގައިއެވެ.
ގއ އަތޮޅު ހޮސްޕިޓަލަކީ ގއ އަތޮޅުގެ މައި ހޮސްޕިޓަލެވެ. ގއ އަތޮޅުގެ ގިނަ ބަޔަކު މި ހޮސްޕިޓަލުން ކޮންމެ ދުވަހަކުވެސް ހިދުމަތް ހޯދައެވެ. އަދި ގއ ހޮސްޕިޓަލް އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައިއެވެ.
ގެޒެޓު އިއުލާނުގެ ލިންކް :- https://www.gazette.gov.mv/iulaan/view/142881