logoEN
Sto top
"ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު" އިފްތިތާހުކޮށް މީޑިއާތަކުން އެންޑޯސްކޮށްފި

"ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު" އިފްތިތާހުކޮށް މީޑިއާތަކުން އެންޑޯސްކޮށްފި

FfGmz00aYAU-bau

މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލި " ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު" އިފްތިތާހުކޮށް މީޑިއާތަކުން އެންޑޯސްކޮށްފި އެވެ.

Wamco

މީޑިއާތަކުގެ އަހުލާގީ މިންގަނޑު ނުވަތަ ކޯޑް އޮފް އެތިކްސް އިފްތިތާހުކުރުމަށް މިއަދު ރޭޑިއޯ ބިލްޑިންގ ގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި 60 އަށްވުރެ ގިނަ އޮންލައިން، ޕްރިންޓް، އަދި ބްރޯޑްކާސްޓިންގ މީޑިއާތަކުން ވަނީ އައު އަހުލާގީ މިންގަނޑު އެންޑޯސްކޮށް ސޮއިކޮށްފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނުގެ ދަށުން ދިވެހި މީޑިއާތަކުން އަމަލުކުރުމަށް އެކުލަވާލި "ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު" ގައި ދިވެހި މީޑިއާ ކޮންމެ މީހަކީ މި އަހްލާގީ މިންގަނޑަށް ތަބާވާ އަދި މި އަހްލާގީ މިންގަނޑަށް އަހުލުވެރި މީހަކަށް ވާންވާނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ. އަދި ހަބަރާއި މަޢުލޫމާތު ހޯދައި އަދި ފެތުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުން މި މިންގަނޑާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.

ޕްރިންޓް މީޑިއާއި، އިލެކްޓްރޯނިކް މީޑިއާތަކާއި އޮންލައިން މީޑިއާތަކާއި، ނިއު މީޑިއާގެ ވަސީލަތްތަކުގައިވެސް މައުލޫމާތު ފަތުރަން ޖެހޭނީ މި މިންގަނޑާ އެއްގޮތަށެވެ. ދިވެހި މީޑިއާ ފަންނުގެ ހުރިހާ މަސައްކަތެއްގައި އަބަދުވެސް ހިފަހައްޓާނެ މައިގަނޑު ހަމަތައް "ދިވެހި މީޑިއާގެ އަހްލާގީ މިންގަނޑު" ގައި ބަޔާންކޮށްފައި ވެެއެވެ.

އިސްލާމް ދީނާއި ދިވެހި ޖުމްހޫއްރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން.

އާންމުންނަށް ހަގީގަތް އެނގުމުގެ ހައްގަށް އިހުތިރާމް ކުރުން.

އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި އިޖުތިމާޢީ އަޚްލާޤު ހިފެހެއްޓުން.

ނޫސްވެރިކަމަށް ނުރަނގަޅު އަސަރު ފޯރާނެފަދަ މަންފާތަކާއި ނުފޫޒުތަކުން އެއްކިބާވުން.

ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި އެއްވެސް ބިރަކަށް ޖެހިލުންނުވުން

މިއަދު އިފްތިތާހުކުރެވުނު މީޑިއާތަކުގެ އަހުލާގީ މިންގަނޑާއެކު ދިވެހި މީޑިއާގެ ލޭންޑްސްކޭޕް އެހެން ހަރުފަތަކަށް ގެންދިޔުމަށް ކޮންމެ މީޑިއާއަކުންވެސް އެމީޑިއާގެ ކޯޑް އޮފް ޕްރެކްޓިސް އެކުލަވާލުމަކީ މުހިންމުކަމެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މީޑިއާތަކުގެ އަހުލާގީ މިންގަނޑާއެކު ހަބަރުފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ހުރިހާ މީޑިއާތަކަށްވެސް ގޮވާލާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside