logoEN
ކޮކާކޯލާ
މެންޗެސްޓަރ ޔުނައިޓެޑް ލަދުގަންނުވާލައިފި

މެންޗެސްޓަރ ޔުނައިޓެޑް ލަދުގަންނުވާލައިފި

ގާފު އެޑިޓޯރިއަލް

logo

1/28/2021, 11:30:14 AM

2979863-61153008-2560-1440

މެންޗެސްޓަރ ޔުނައިޓެޑްއަށް އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރަސަތު ލީގު ތާވަލުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑުން ގެއްލުވާލައިފި އެވެ.

އަބުޅޯ

ރޭ ނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު މެޗުން ޝެފީލްޑް ޔުނައިޓެޑު ވަނީ މެންޗެސްޓަރ ޔުނައިޓެޑް ލަދުވެތިގޮތަށް ބަލިކޮށްފައެވެ. ޔުނައިޓެޑް ރޭ ބަލިވީ ލީގު ތާވަލުގައި އެންމެ ފުލުގައި އޮތް ޝެފިލްޑް ޔުނައިޓްޑް އަތުން 2-1 ނަތީޖާއަކުންނެވެ. މި މެޗްގެ ފުރަތަމައިން ލީޑުވެސް ނެގީ ޝެފިލްޑްއިންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 23 ވަނަ މިނެޓުގައި ޑިފެންޑަރު ބްރަޔަން އެވެ. މި ގޯލާއި އެކު މެންޗެސްޓާއިން ވަނީ ފުރުސަތުތަށް ތަނަވަސްކޮށް އެއަށް ނުރައްކާ ކޮށްފައެވެ. ނަތީޖާއަކަށްވީ މެޗުގެ ދެވަނަ ހާފްގައި އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ ލަނޑެއް ކާމިޔާބުކޮށް އެއްވަރުކޮށްދިން ހިސާބުންއެވެ.

މެޗުގައި ޝެފީލްޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މެންޗެސްޓާއިން ގޯލު ޖެހިތާ މާކަ ގިނައިރެއް ނުވަނީސް ޝެފިލްޑުން ވަނީ އެޓިމުގެ ދެވަނަ ގޯލު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އޮލިވާ ބާކް އެވެ. އެނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ ޑިފެންޑަރު އެކްސެލް ޓުއަންޒޭބޭ ފައިގައި ޖެހިފަ އެވެ

ރޭގެ މެޗުން މޮޅުވެގެން ޔުނައިޓެޑަށް ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތެވެ. އެކަމަކު ބަލިވުމުން ދެ ވަނައިގައި އޮތީ 20 މެޗުން 40 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 19 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، މެޗު ހަމަކޮށް އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. ލީގުގެ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ ރޭ ކުޅުނު މެޗުން ވަނީ އެވަޓަންއާ 1-1 އިން އެއްވަަރުވެފަ އެވެ. ލެސްޓާ އަށް 20 މެޗުން ވަނީ 39 ޕޮއިންޓް ލިބިފަ އެވެ.

މި މެޗުން މޮޅުވިނަމަވެސް އަދިވެސް ޝެފީލްޑް އޮތީ ތާވަލުގެ ފުލުގައެވެ. އެ ޓީމު ރެލިގޭޝަނުން ސަލާމަތްވާން އިތުރު ދިހަ ޕޮއިންޓު އަދި ބޭނުންވެއެވެ. ރޭގެ ބައްޔާއިއެކު ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ޔުނައިޓެޑަށް ވަނީ ގެއްލިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ