
Screenshot 2021-01-27 at 19.23.25
ގއ ވިލިނގިލީގައި ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ގއ އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. އަދި އެމީހާ ފައްސި ވެފައިވަނީ ކޮވިޑަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން އެހޮސްޕިޓަލުން ހެދި ކޮވިޑް ޓެސްޓުންނެވެ.
މިއާއި އެކު ގއ އަތޮޅު ހޮސްޕިޓަލުން ވަނީ ކަރަންޓީނުގައި ތިއްބަވާ ހުރިހާ ފަރާތްތަށް ކެތްތެރިކަމާއި އެކު އެޗްޕީއޭގެ ޤަވާއިދު ތަކާއި އެއްގޮތަށް އަމަލު ކުރެއްވުމަށް އިލްތިމާސް ކޮށްފައެވެ.
މިއަދު ފެނުނު ކޭސްއާއި އެކު ގއ ވިލިނގިލީގެ އެކްޓިވް ކޭސްގެ އަދަދަކީ 2 ކެވެ.