logoEN
cocacola
ސުވަދީވްގެ ވެރިކަމަކީ އެންމެ ފުރަތަމަ އުފެދުނު ހަގީގީ ޖުމްހޫރީ ވެެރިކަން - ރައީސް ނަޝީދު

ސުވަދީވްގެ ވެރިކަމަކީ އެންމެ ފުރަތަމަ އުފެދުނު ހަގީގީ ޖުމްހޫރީ ވެެރިކަން - ރައީސް ނަޝީދު

އަހުމަދު ޝުރާއު

logo

11/12/2020, 9:45:52 AM

124467301_3612315168791822_4633046264423223507_n

ޔުނައިޓެޑް ސުވަދީވްގެ ވެރިކަމަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޕާލިމެންޓެއް ރަނގަޅަށް ހިންގާންފެށި ވެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެ އެވެ.

ގޮސިޔާ

ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަސްކަމުގެ ނިޒާމަކުން ޖުމްހޫރީ ވެރިކަމެއްގެ ނިޒާމު، ޖުމްހޫރީ ވެރިކަމެއްގެ ނިޒާމަށް ބަދަލުވެގެން އަންނަނީ ރައްޔިތުންގެ ކިބައިން ރައްޔިތުންނަށްޓަކައި ވެރިކަމެއް ކުރަން ފެށުމުން ކަމަށެވެ. ނަމަވެސް އެފަދަ ވެރިކަމެއް ތާރީޚުގެ ތެރެއިން 1953 ވަނަ އަހަރާއި 1968 ވަނަ އަހަރު ފެށުނުކަމަށް ދަންނަވަން އެމަނިކުފާނަށް ދަތި ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވިގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ފެށުނީ، ނުވަތަ ޕާލިމެންޓެއް އުފެދި ރަނގަޅަށް ހިނަގާން ފެށުނީ 1959 ވަނަ އަހަރު އުފެދުނު ޔުނައިޓެޑް ސުވެދައިވްގެ ވެރިކަމުގައި ކަމަށާއި އެއީ ރާއްޖޭގައި ވަރަށް ހިތާމަވެރި އަދި އުނދަގޫ ދުވަސްތަކެއްގައި ހިންގި ވެރިކަމެއް ކަމަށެވެެ.

undefined

ފުރަތަމަ ފަހަރަށް ރާއްޖޭގައި ޕާލިމެންޓެއް އުފެދި ފުރަތަމަ ފަހަރަށް އިނގިރޭސި މީޑިއަމްއިން ތައުލީމު ދޭން ފެށުމުގެެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭންކެއް އުފެދުނު ވެރިކަމަކީ 1959 ވަނަ އަހަރުން 1963 ވަނަ އަހަރުގެ ނިޔަލަށް އުފެދިފައި އޮތް ސުވަދިވްގެ ވެރިކަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިވެރިކަމުގައި މިނޫންވެސް ތަރައްގީގެ އެތައް އޮނިގަނޑެއް އެކުލަވާލެވި، ރާއްޖޭގެ ޖަޒީރާ ގައުމުތަށް ކުރިއަށްގެންދާނެ ވިސްނުމެއް ދިވެހިންގެ ތެރޭގައި އުފެދިގެން ދިޔަ ކަމަށެވެ.

ސުވަދިވް ވިސްނުމަކީ ހަމައެކަނި ދެކުނު އަތޮޅުތަކުގެ މެދުގައި އުފެދުނު ވިސްނުމެއް ނޫން ކަމަށާއި، ރާއްޖޭގެ ވެރިކަމުގެ ނިޒާމި އިސްލާހުވަމުން، ރަނގަޅުވަމުން އައިސްފައި އޮތީ، ސުވަދިވްގެ ވެރިކަމުގެ ތެރެއިން ކަމަށް ނަޝީދު ވިދާޅުވިއެވެ.

undefined

ފުވައްމުލަކުގައި ބޭއްވި މިޖަލްސާގައި ހުވަދު އަތޮޮޅުގެ ބައެއް ކައުންސިލް ތަކުގެ ކައުންސިލަރުން ބައިވެރިވެވަޑައިގެންފައިވެެއެވެ. އަދި މި ޖަލްސާގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހުވަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މެމްބަރުން ވެސް ވަނީ ބައިވެރިވެެވަޑައިގެންފައެވެ.

ސުވަދައިވް އަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ކަމުގައިވާ ގއ ، ގދ ، ފުވައްމުލައް އަދި އައްޑޫ އިނގިރޭސިންނާ ބައިވެރިވެގެން އުފެއްދި ވެރިކަމެކެވެ. ޔުނައިޓެޑް ސުވަދައިވްގެ ރައީސަކަށް އޭރު ހުންނެވީ އައްޑޫ ބޭފުޅެއް ކަމުގައިވާ އަފީފް ދީދީއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ