logoEN
ޕީއެންސީ 2
އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ގިނަ އެޕްލިކޭޝަންތަކެއް ހުށަހަޅައިފައިވޭ : ބީއެމްއެލް

އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ގިނަ އެޕްލިކޭޝަންތަކެއް ހުށަހަޅައިފައިވޭ : ބީއެމްއެލް

1592472320.15924723206289

ފާއިތުވެދިޔަ 9 މަސްދުވަހުތެރޭ ބީއެމްއެލް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށް ބީއެމް އެލް އިން ހާމަ ކޮށްފިއެވެ.

ޝަރީ 2024

ކޮވިޑް-19 ގެ ސަބަބުން ބީއެމްއެލް އިން ވަނީ ހިދުމަތް ހޯދުމަށް ގިނަ ބަދަލުތަކެއް ގެނެސް ގިނަ ހިދުމަތްތަކެއް އިންޓަރނެޓް ބޭންކިންގ ލިބޭގޮތް ހަމަޖައްސާފައެވެ.

ބީއެމްއެލް އިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އިތުރު އެކައުންޓް ހުޅުވުމާއި، ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދި ހުށަޅުމާއި، ލުއި ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން މަލުލޫމާތު ފޯމު އަޕްޑޭޓް ކުރުން ފަދަ ހިދުމަތްތަކަށް ފާއިތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހެޅިފައިވާކަމަށް ބީ އެމް އެލް އިން ވަނީ ހާމަ ކޮށްފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ބްރާންޗް ތަކުން ކިއުބީއެޕް ނަންބަރުތަކަށް ޚިދުމަތް ދެމުންދާއިރު ސަރވިސް ސެންޓަރ ތަކުން ހިދުމަތް ދެމުންދާނީ އެޕޮއިންޓްމަންޓަށެވެ.

ކޮވިޑް-19 ފެތުރެން ފެށި ފަހުން، އޮންލައިން ހިދުމަތްތައް ބޭނުންކުރާވަރު އިތުރުވެ، މިހާރު ބޭންކުގެ 90 ޕަސެންޓް އަށް ވުރެ ގިނަ ކަސްޓަމަރުން އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް ބޭނުންކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ