logoEN
Sto top
ތިނަދޫއިން ކޮވިޑް-19 އަށް މީހަކު ފައްސިވެއްޖެ

ތިނަދޫއިން ކޮވިޑް-19 އަށް މީހަކު ފައްސިވެއްޖެ

އަހުމަދު ޝުރާއު

logo

1/26/2021, 12:51:26 PM

20181116-DJI_0109

ގދ ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

Wamco

ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ހެދިޓެސްޓުންް ފައްސިވެފައިވާކަމަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މީސްމީޑީއާގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައިއެވެ. ފައްސިވި މީހާގެ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް އެހޮސްޕިޓަލުން ދަނީ ކުރަމުންނެވެ. އަދި ރޯގާގެ އަލާމާތެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ހޮސްޕިޓަލުގެ ހޮޓްލައިން 7934641 އާއި ހިއްސާކުރައްވުމަށްވެސް ހޮސްޕިޓަލުން އިލްތިމާސްކުރެއެވެ.

"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑަށް ފައްސިވެފައިވަނީ ފިރިހެނެކެވެ.

މި ކޭސްއާއި ގުޅިގެން ހޮސްޕިޓަލްގެ ބަހެއް ހޯދުމަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބުދީފައިނުވާތީ އިތުރު މައުލޫމާތެއް ވަނީ ނުލިިބިފައެވެ.

ތިނަދޫއިން މިއަދު ފައްސިވި މީހާއާއި އެކު މިވަގުތު ތިނަދޫގައި އެކްޓިވް ކޭސްގެ އަދަދު ވަނީ ދޭކަށް އަރާފައިއެވެ. މީގެ ހަފްތާއެއް ކުރިން ތިނަދޫއިން ވަނީ ބިދޭސީ ފިރިހެނެއް ކޮވިޑަށް ފައްސި ވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside