logoEN
cocacola
ގއ ގެމަނަފުށި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތުގެ 49 ޕަސެންޓް މަސައްކަތް ނިމިއްޖެ

ގއ ގެމަނަފުށި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތުގެ 49 ޕަސެންޓް މަސައްކަތް ނިމިއްޖެ

އަހުމަދު ޝުރާއު

logo

1/26/2021, 1:25:41 PM

107400695_672582533471132_7926058280576242515_o

ގއ ގެމަނަފުށި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތުގެ %49 ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް ، ހައުސިން އެންޑް އިންފްރާސްޓަރްކްޗާ އިން ހާމަކޮށްފި އެވެ.

ގޮސިޔާ

މިނިސްޓްރީއިން މައުލޫމާތު ދޭގޮތުގައި މިހާރު އެރަށުގައި ކުރިޔަށް ދަނީ އެޑްމިން ބިލްޑިންގ ، ޕަމްޕިން ސްޓޭޝަން އަދި ގްތެވިޓީ ހޮޅު ވަޅުލުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރިޔަށް ގެންދަނީ އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ލޭބަރ ކޮންޓްރެކްޓް މޮޑެލްގެ ދަށުންނެވެ.

ގއ ގެމަނަފުށި ނަރުދަމާގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރެވުނީ 2019 ވަނަ އަހަރުގައި އެވެ. އެހެން ނަމަވެސް މި މަސައްކަތުގެ އަމަލީ މަސަައްކަތް ފެށިފައިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އަދި 2020 ވަނަ އަހަރު ކޮވިޑް-19ގެ ސަބަބުން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު މިހާރު މަސައްކަތް ފެށިގެން ހަލުވި ސްޕީޑެއްގައި ދަނީ ކުރިޔަށެވެ.

ގއ ގެމަނަފުށި ނަރުދަމާ ޤާއިމު ކުރުމުގެ މަސައްކަތަށް 45 މިލިއަން ދިވެހި ރުރިޔާ ހަރަދުވާނެކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ