ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހަކު ހިފަހައްޓައިފި

ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

ރާއްޖޭގެ އިމިގްރޭޝަނުން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފަހައްޓާފައިވަނީ ރާއްޖެ އެތެރެވާން މަސައްކަތްކުރި 28 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ވަނީ ރާއްޖެ އެތެރެވެ ބޭރުވާ އެއަރޕޯޓްތަކާއި، ޕޯޓް ތަކުގެ ސެކިއުރުޓީ ސިސްޓަމްތައް ވަރުގަދަކޮށްފައެވެ

ޕާސްޕޯޓް ނަކަލު ކުރުމާއި، އެހެން މީހުންގެ ފޮޓޯ ޖަހައިގެން މިދިޔަ އަހަރުގެވެސް 20 އަށްވުރެ ގިނަ މީހުން ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައިވެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް