މިޔަރު ގިނަވެފައިވާކަމަށް ދިރާސާތަކުން ނުދައްކާކަމަށް ވިދާޅުވުމުން މިނިސްޓަރު ޒަހާއަށް ފާޑުކިޔުންތަކެއް!

ރާއްޖޭގައި މިޔަރު ގިނަވެފައިވާކަމަށް ދިރާސާތަކުން ނުދައްކާކަމަށް ވިދާޅުވުމުން، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަށް ފާޑުކިޔުން އަމާޒުވާން ފަށައިފިއެވެ.

ސަންގު  ޓީވީން މިނިސްޓަރު ޒަހާއާ ހަވާލާދީ ގެނެސްދިން ރިޕޯޓެއްގައި، ރާއްޖޭގައި މިޔަރު ގިނަވެ މަސްވެރިންނަށް އޭގެ އުނދަގޫ ވަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް އައުމާ ގުޅިގެން އެކި ދިރާސާތައް ކޮށްފައިވާކަމަށް ބުނެފައި ވެއެވެ. އަދި އޭގެ އެއްވެސް ދިރާސާއަކުން ރާއްޖޭގައި މިއަރު އާބާދީ އިތުރުވެފައިވާކަމަށް ނުދައްކާކަމަށް މިނިސްޓަރު  ވަނީ ވިދާޅުވެފައެވެ. މިޔަރުގެ އާބާދީ އިތުރުވެއްޖެކަމަށް ފާހަގަވެފައިވަނީ އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލެއްގެ ސަބަބުން ކަމަށް މިނިސްޓަރު ޒަހާ ވަނީ ވިދާޅުވެފައެވެ.

"ބައެއް ރަށްތަކުން މޫދަށް ކުނި އުކާލާ ވަގުތުތަކުގައި މިޔަރުތައް އެދިމާލަށް ދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ބައެއް ރިޒޯޓުތަކުން މިޔަރުތަކަށް ކާންދޭތީ، އެގަޑި ޖެހެންވާއިރަށް މިޔަރުތައް އެސަރަހައްދަށް ދިޔުމަށްވެސް އާދަވެފައިވާ ކަމަށެވެ. އެހެންކަމުން މިޔަރުތަކުގެ އާދަތަކަށްވެސް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ." ސަންގުޓީވީ ރިޕޯޓްގައި ބުނުއްވާފައި ވެއެވެ.

މިނިސްޓަރު ޒަހާގެ މި ވާހަކަަތަކާގުޅިގެން މަސްވެރިންގެ ފާޑުކިޔުން އެކަމަނާއަށް ވަނީ އަމާޒުވެފައެވެ.

މަސްވެރިން ފާހަގަކޮށްފައިވާ ގޮތުގައި، ކަނޑުފަޅުން ބާނާ މަހުން،  މަސްވެރިޔާއަށް ލިބެނީ މަހުގެ އެއްބައެވެ. އަދި ބާނާ މަހުގެ ބޮޑު ބައި ލިބެނީ ދައުލަތުން ހިމާޔަތްކޮށްފައިވާ މިޔަރުތަކަށެވެ. އަދި ދިވެހި ރައްޔިތަކަށް ނުލިބޭ ރައްކާތެރިކަން ދައުލަތުން މިޔަރުތަކަށް ދީފައި ވެއެވެ. މިނިސްޓަރު ފިނިކޮޓަރީގައި އިންނަވައިގެން  އެ ވުޒާރާގައި މަސަައްކަތް ކުރައްވާ  ކުދިން އެންމެ ދުވަހަކު މުނިފޫހި ފިލުވަން މަހަށް ގޮސް ކުރާ ދިރާސާއަކަށް މިނިސްޓަރ ތަފާސް ހިސާބު ޖެހީމާ، އެ ހިސާބު ދިމާ ނުވާނެއެވެ. މަސްވެރިންގެ ކައިރިން އަހާ އޮޅުންފިލުވި ނަމަ، މަސްވެރިންނަށް މިޔަރުގެ އުދަނގޫ ފޯރާފައިވާ މިންވަރު ދެނެގަނެވޭނެއެވެ.

ރާއްޖޭގައި މިޔަރު ހިމާޔަތް ކުރިފަހުން މިޔަރުގެ އާބާދީއާ ގުޅޭ އެއްވެސް ދިރާސާއެއް ކުރިކަމުގެ މަޢުލޫމާތު މީގެކުރިން އެއްވެސް ފަރާތަކުން ހިއްސާކޮށްފައެއް ނުވެއެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް