
226AE3E8-916F-4070-B63F-BC7B688CBD7E
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސްގެ ޚަބަރާއި، މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ޓިކްޓޮކް އެކައުންޓެއް މިއަދު ހުޅުވައިފިއެވެ.

މިމައުލޫމާތު ސޯޝަލް މީޑިޔާގައި ހިއްސާކުރަމުން ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް ނަޝީދު ހާމަކޮށްފައިވާގޮތުގައި، ރައްޔިތުންގެ މަޖިލިސްގެ ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރޮކޮށްދިނުމަށް ޓިކްޓޮކް ބޭނުންކުރަން ފެއްޓުމަކީ ރަނގަޅު ކަމެކެވެ. ޓިކްޓޮކްގެ ޒަރީޔާއިން ޚަބަރާއި މަޢުލޫމާތުގެ އާ އޯޑިއެންސެއް ލިބިގެން ދިޔުމުގެ އިތުރުން، ޒުވާން ޖީލަށް، މަޖިލިސްގެ މަސައްކަތް ފެނިގެންދާނެއެވެ.
ރައްޔިތުންގެ މަޖިލިސްގެ ޓިކްޓޮކް އެކައުންޓެއް ފުރަތަމަ ކޮށްފައިވާ ޕޯސްޓަކަށް، 4 ފެބްރުއަރީ 2021 ގައި މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ވަޑައިގަންނަވާ މަންޒަރު އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް ތަޤްރީރު ކުރައްވާ ފެންނަ ވީޑިއޯ އެއް ހިއްސާކޮށްފައިވެއެވެ.
https://www.tiktok.com/@peoplesmajlis/video/6921607070982671618?sender_device=pc&sender_web_id=6921722337156040197&is_from_webapp=v2&is_copy_url=0