
ހަވަަރު ވިމެންސް ހޭންޑްބޯލް މުބާރާތައް ވޮލިންޓިއަރުން ހޯދަނީ
qw
ހަވަރު ސްޕޯޓްސް އިން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ފެބްރުއަރީ 20ގައި ބޭވުމަށް ހަމަޖެހިފައިވާ ހަވަރު ވިމެންސް ހޭންޑްބޯލް މުބާރާތައް ވޮލިންޓިއަރުން ހޯދަން އިއުލާނުކޮށްފިއެވެ.

މިއީ ކުޅިވަރުގެ ދާއިރާ އަދި ޖަމިއްޔާގެ ކަންކަމުގައި ޒުވާނުން ބައިވެރިކުރުމުގެ މަގްސަދުގައި އެޖައްމިއްޔާއިން ހުޅުވާލި ފުރުސަތެކެވެ. ޒުވާނުންނަށް މިފަދަ ފުރުސަތުތައް އަބަދުވެސް ހަވަރު ސްޕޯޓްސަްއިން ހޯދައިދޭނެކަަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.
ވޮލިންޓިއަރުންނަށް ބޭނުންވާ ހުރިހާ ޒުވާނުންވެސް އެޖަމިއްޔާގެ ނަންބަރު 9919992 އަށް ގުޅައިގެން އިތުރު މައުލޫމާތު ސާފުކުރެއްވޭނެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުން ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ މި މިބާރާތަކި ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު ހޭންޑްބޯލް މުބާރާތެވެ. މި މުބާރާތުގައި ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ އަދި ރަނަރއަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިާމެއްވަނީ ހުށަހަޅާފައެވެ.