logoEN
ޕީއެންސީ 2
ކުނީގެ މިންވަރު މަދުކުރެވޭނެ ގޮތްތައް އިޙުތިޔާރު ކުރެއްވުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި

ކުނީގެ މިންވަރު މަދުކުރެވޭނެ ގޮތްތައް އިޙުތިޔާރު ކުރެއްވުމަށް ފަސްޓްލޭޑީ ގޮވާލައްވައިފި

179353_a1593e70-1_

ކުނި އުފެދޭ މިންވަރު މަދުކޮށް، ކުނީގެ ގޮތުގައި ތަކެތި އުކައިލާ އާދަތަކާ ދުރުހެލިވެ، ތިމާވެއްޓާއި ރަޙުމަތްތެރިވެ އާދަކާދަތައް އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވައިލައްވައިފިއެވެ.

ޝަރީ 2024

އެ ކަމަނާ މި ކަމަށް ގޮވައިލެއްވީ "ޕްރިވެންޝަން އޮފް މެރިން ލިޓަރ އިން ދި ލަކްޝަދްވީޕް ސީ" ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި މިއަދު ހެނދުނު ކުރިއަށްގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ފައްޓަވައިދެއްވާ، ވާހަކަފުޅު ދައްކަވަމުންނެވެ.

ސާފުކުރުމުގެ ހަރަކާތްތަކަކީ ޕްލާސްޓިކާ ދެކޮޅަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި، މިފަދަ ހަރަކާތްތަކުގެ ސަބަބުން އެ ކަމުގައި ހަރަކާތްތެރިވާ ދަރުމަވެރިންނަށް ޕްލާސްޓިކުން ވެއްޓަށް ލިބޭ ގެއްލުން ދެނެގަތުމުގެ ފުރުޞަތު ލިބިގެންދާނެ ކަމުގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން، ގޮނޑުދޮށް ފަދަ ތަންތަން ސާފުކުރުމާއި، ޕްލާސްޓިކުން އުފައްދާ ތަކެތި ރީސައިކަލް ކުރުމުން ނުފުދޭކަމަށާއި، މި ކަމުގައި އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ބާވަތުގެ ޕްލާސްޓިކް ފުޅިއާއި ކޮތަޅު ފަދަ ތަކެތީގެ ބަދަލުގައި، ތިމާވެއްޓާއި ރަޙުމަތްތެރި ބާވަތްތައް އިސްކުރަން އެދިވަޑައިގަންނަވާފައެވެ. އެ ކަމަނާ ވަނީ ތިމާވެއްޓަށް ލޯބިކުރާ މީހުންނާއި ކުދިން، މުޅި މުޖުތަމަޢުގެ ލާބައަށްޓަކައި ސާފުކުރުމުގެ ޕްރޮގްރާމުތަކުގައި ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވާފައެވެ.

ކުނި މެނޭޖުކުރުމަށް ރާއްޖޭގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން އެކަމަނާ ވަނީ ޒިންމާދާރު ގޮތުގައި ކުނި މެނޭޖުކުރުމަށް ޙައްލުތަކެއް ހޯދުމުގެ މަސައްކަތުގައި ކަމާބެހޭ ހުރިހާ ފަރާތްތަކުން އެ ކަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ބާވަތުގެ ޕްލާސްޓިކު ރާއްޖޭގައި ބޭނުންކުރުން ހުއްޓައިލުމުގެ ޕްލޭނަކީ ވެސް މި ގޮތަށް ކަމާގުޅޭ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާގެ ދަށުން ކުރެވުނު މަސައްކަތެއްކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

އަދި އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭންގެ ދަށުން 2021 ޖޫން 1 ވަނަ ދުވަހުން ފެށިގެން ކަނޑައެޅިފައިވާ ވަކި ބާވަތްތަކެއްގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުން ހުއްޓައިލެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، މި ޕްލޭންގެ ދަށުން ރާއްޖެ އެތެރެކުރުން މަނާކުރާ ތަކެތި މި ޤަވާޢިދުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ ކިތަންމެ ކުޑަ މިންވަރެއް އިތުރަށް އިންޕޯޓްކުރި ނަމަވެސް މި ޤަވާޢިދުގެ ހަޤީޤީ ބޭނުން ނުފުދޭނެ ކަމުގައެވެ.

"ޕްރިވެންޝަން އޮފް މެރިން ލިޓަރ އިން ދި ލަކްޝަދްވީޕް ސީ" ޕްރޮޖެކްޓަކީ ކަނޑުތަކަށް ކުނިއެޅުމުން ކަނޑުތައް ރައްކާތެރިކުރުމަށް އިންޑިއާ، ދިވެހިރާއްޖެ އަދި ސްރީލަންކާގެ ކަނޑުގެ އައްސޭރިފަށް ހިމެނޭގޮތަށް ހިންގޭ ޕްރޮޖެކްޓެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބައިވެރިވުމާއެކު މި ޕްރޮޖެކްޓް ރަސްމީގޮތުން ފެށުމަށް ހަމަޖެހިފައި ވަނީ 2021 ޖަނަވަރީ 26 ވާ އަންގާރަ ދުވަހުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ