logoEN
cocacola
ކާޑެއްދޫ ބަލިކޮށް ޕޮލިހުން ފައިނަލަށް

ކާޑެއްދޫ ބަލިކޮށް ޕޮލިހުން ފައިނަލަށް

އަހުމަދު ޝުރާއު

logo

9/28/2022, 9:29:58 PM

GMG_4873

ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތުގައި ސެމީ ފައިނަލްގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ޕޮލިސްޓީމުން ފައިނަލަށް ދަތުރުކޮށްފި އެވެ.

ގޮސިޔާ

ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ ޕޮލިހާއި ކޭޑީއެމް އެވެ. ޕޮލިސް ޓީމުން މިމެޗު ކާމިޔާބުކުރީ 6-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޕޮލިހުން ވަނީ ދެ ގޯލްގެ ލީޑެއް ނަގާފައެވެ. ޕޮލިސް ޓީމަށް ކާމިޔާބުވި ފުރަތަމަ ގޯލަކީ ކޭޑީއެމް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ޕޮލިސް ޓީމުގެ ޖާޒީ ނަންބަރު 5، އިބްރާހިމް މުޙައްމަދު ފޮނުވާލި ބޯޅަ ކޭޑީއެމް ޓީމުގެ ޖާޒީ ނަންބަރު 5، އިބްރާހިމް އެބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ބޯޅައިގެ މިސްރާބު ބަދަލުވެ ވަނީ ގޯލަށް ވަދެފައެވެ. ޕޮލިސްގެ ގޯލަށް ފަހު ކޭޑީއެމް އަށް ވަނީ ހުސް ފުރުސަތުތަކެއް ގޯލް ޖެހުމަށް ހޯދާފައެވެ. ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފައެވެ. ޕޮލިސްޓީމަށް ދެބަނަ ގޯލް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 10 އިބްރާޙިމް ނިޔާޒު އެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ އިދިކޮޅު ގޯލް އޭރިއާތެރޭގައި އޭނާ ހުއްޓާ ޕޮލިސް ކީޕަރު އެއްލާލި ބޯޅައެއް ކޮންޓްރޯލްކުރުމަށްފަހު ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފް ނިމުނީ 2-0 ގެ ނަތީޖާއަކުން ޕޮލިސްޓީމު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަހާފުގައިވެސް ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ވަނީ ފެނިގެން ގޮސްފައެވެ. ދެވަނަ ހާފް ފެށިގެން މާގިނައިރެއް ނުވަނީސް ކޭޑީއެމް ޓީމުން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 8، އަހުމަދު ބިލާލް އެވެ. އޭނާ މި ގޯލް ކާމިޔާބުކުރީ އިދިކޮޅު ހާފުގެ މެދެއް ހާ ހިސާބުން ފޮނުވާލި ބޯޅައެއް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ. ކޭޑީއެމް އަށް ގޯލް ޖަހައި ހަމަޖެހި ނުލެވެނީސް ޕޮލސް ޓީމުގެ ޖާޒި ނަންބަރު 10، އިބްރާހިމް ނިޔާޒު ވަނީ ފުލުފުލުގައި ދެ ގޯލް ޖަހައި ލީޑު ފުޅާކޮށްދީފައެވެ. އެ ދެ ގޯލާއެކު އޭނާ ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ. އިބްރާހިމް ނިޔާޒުގެ ހެޓްރިކަށްފަހުވެސް ޕޮލިހުން ވަނީ އިތުރު ގޯލެއްް ކާމިޔާބުކޮށްފައެވެ. މި ގޯލް އެ ޓީމުގެ ޖާޒީ ނަންބަރު 16، ހައިޝަމް އެވެ. ހައިޝަމްގެ ގޯލަށް ފަހު ޕޮލިހަށް މި މެޗުގެ 6ވަނަ ގޯލް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 5، އިބްރާހިމް މުޙައްމަދު އެވެ.

ދެވަނަ ހާފުގައި ކޭޑީއެމް އަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން އަހުމަދު ބިލާލް ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފައެވެ. ކޭޑީއެމްއެމް އިން ވަނީ މެޗުގެ ފަހުވަގުތުކޮޅުގައިވެސް ގޯލެއް ކާމިޔާބުކޮށްފައެވެ. މި ގޯލަކީ ކޭޑީއެމް ޓީމުގެ ޖާޒީނަންބަރު 22، ހުސެއިން އަސްނާން ފޮނުވާލި ބޯޅައެއް ޕޮލިސް ކުޅުންތެރިއެއްގެ ގައިގައި ޖެހި ބައިކޮޅަށް ވަތް ގޯލެކެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޕޮލިސް ޓީމަށް ހެޓްރިކް ހަދައިދިން އިބްރާހިމް ނިޔާޒު އެެވެ.

ޕޮލިސް ފައިނަލުގައި ބައްދަލު ކުރާނީ މިރޭ ކުޅޭ ސެމީފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ. މިރޭ 9:45 ގައި ފަށާ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުުރާނީ އޭއެސްއެމްއެޗް އާއި ތިނަދޫ ކައުންސިލް އެވެ.

މިއަހަރުގެ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތަކީ ހުވަދޫ ރެކްރިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތްވެސް ކުރިޔަށް ގެންދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއްގްރޫޕުގައި 6 ޓީމް ހިމެނޭ އިރު އަނެއް ގްރޫޕުގައި 5 ޓީމް ހިމެނޭނެ އެވެ.

މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނާކީ އެމްޓީސީސީ، މިފްކޯ ، އެފްއެސްއެމް އަދި އެސްޓީއޯ އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ. ބެވަރޭޖަސް ޕާޓްނަރުންނަކީ ގޯސިއާ އާއި އެވިއާ އެވެ. ޕްރިންޓް ޕާޓްނަރަކީ ނޯވާޓެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ