logoEN
cocacola
އަންހެން ކުދިންނަށް ސްކޫލްތައް އަލުން ހުޅުވާލުމަށް ތާލިބާނުންގެ އޮފިޝަލަކު ގޮވާލައިފި

އަންހެން ކުދިންނަށް ސްކޫލްތައް އަލުން ހުޅުވާލުމަށް ތާލިބާނުންގެ އޮފިޝަލަކު ގޮވާލައިފި

އަހުމަދު ޝުރާއު

logo

9/28/2022, 8:40:34 PM

Screenshot 2022-09-28 at 20.34.09

އަންހެން ކުދިންގެ ސްކޫލްތައް އަލުން ހުޅުވުމަށް އެގައުމުގެ ތާލިބާނުން ހިންގާ ސަރުކާރުގެ އިސް މެމްބަރަކު ގޮވާލައިފި އެވެ.

ގޮސިޔާ

އަންގާރަ ދުވަހު ތާލިބާނުންގެ ފަރާތުން ޚާރިޖީ ވަޒީރުގެ ނައިބު ޝޭރް މުހަންމަދު އައްބާސް ސްޓަނިކްޒާއީގެ ފަރާތުން މި އިލްތިމާސް އައިސްފައިވަނީ، އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ތާލިބާނުން ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ. އެއީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން އެ ގައުމުގެ މައްޗަށް ގަދަވެގަނެ، ވެރިކަން އަތުލި ފަހުން ތާލިބާނުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ތާލިބާނުންގެ އޮފިޝަލަކު ބަސްބުނި ފުރަތަމަ ފަހަރެވެ.

"އެއްވެސް ތަފާތު ކުރުމެއް ނެތި، އެންމެންނަށް ތައުލީމު ފޯރުކޮށްދޭން ޖެހޭ، އެއީ ވަރަށް މުހިންމު ކަމެއް،" ސްޓަނިކްޒާއީ ވިދާޅުވި އެވެ. "އަންހެނުންނަށް ތައުލީމު ހޯދައިދޭން ޖެހޭ، އަންހެން ކުދިންގެ ތައުލީމަށް އިސްލާމްދީނުގައި އެއްވެސް މަނާކަމެއް ނެތް. ޓެކްނިކަލް މައްސަލަތަކެއް ހުރި ނަމަ، އެ މައްސަލަތައް ހައްލުކުރަން ޖެހޭ، އަންހެން ކުދިންނަށް ކިޔަވައިދޭ ސްކޫލުތައް ވެސް ހުޅުވަން ޖެހޭ."

ވެރިކަމަށް އައުމަށްފަހު ތާލިބާނުން ވަނީ އެޤައުމުގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިންގެ ސެކަންޑަރީ ސްކޫލްތައް ބަންދުކޮށް، އަންހެނުން ވަޒީފާގެ މާހައުލުގައި ހިޖާބް އަޅައިގެން އުޅުމަށް އަމުރުކޮށް، އާންމު ތަންތަނުގައި މޫނު ނިވާކުރުމަށް އަމުރުކޮށް، ގާތް ފިރިހެން ތިމާގެ މީހަކު ނެތި ދިގު ދަތުރުތައް ކުރުން އަންހެނުންނަށް މަނާކޮށްފައެވެ.

އަންހެން ކުދިންނަށް ސެކަންޑަރީ ސްކޫލްތައް ހުޅުވުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ތާލިބާނުން ބުނި ނަމަވެސް އެކަމަށް ވަކި މުއްދަތެއް ދީފައެއް ނުވެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ