ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ގދ ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ގާޒީ މަގުގައި މިއަދު މެންދުރުގެ ވަގުތެއްގައި އެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލަކާއި ބައިސްކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވި ބައިސްކަލް ދުއްވަން އިން ކުއްޖާއަށާއި ސައިކަލް ދުއްވި މީހާއަށް ޑރ އަބްދުއްސަމަދު މެމޯޯރިއަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.

ގާފު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއަށް މާސީރިއަސް އަނިޔާތަކެއް ލިބިފައި ނުވެއެވެ. އެހެން ނަމަވެސް ސައިކަލް ދުއްވި މީހާގެ ބޮލަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވަނި މައުލޫމާތު ލިބިފައިއެވެ.

ފުލުހުން އަންނަނީ މިމައްސަލަ ތަހުޤީގު ކުރަމުންނެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް