ކޮވިޑް ވެކްސިން ޖަހަން 19,000 މީހުން ރަޖިސްޓާ ކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ވެކްސިން ޖަހަން 19،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ވެކްސިން ޖެހުމަށްޓަކައި 19666 މީހަކު ޕޯޓަލްގައި ރަޖިސްޓާ ވެފައި ވާކަމަށެވެ.

ދުވާލެއްގެ މައްޗަށް ބަލާނަމަ ހާހެއްހައި މީހުން ރަޖީސްޓްރީ ކޮށްފައި ވާއިރު، ވެކްސިން ޖެހުމަށްޓަކައި ވީހާ ގިނަބަޔަކު ޕޯޓަލްގައި ރަޖިސްޓާ ވުމަށް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ.

މި މަހުގެ 20 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ވަނީ 'ކޮވިޝީލްޑް' ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއް ނޫންކަމަށް ބުނެފައެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމަށާ، ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމަ އާއްމު ހާލަތަށް ރުޖޫއަވުން އަވަސްވާނެ ކަން އެ އެޖެންސީން ވަނީ ފާހަގަ ކޮށްފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް