ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ ބޭފުޅުން، ސަރުކާރުން ނިންމާ ނިންމުންތަކާމެދު ހިޔާލު ތަފާތުވި ނަމަވެސް އެކަމާ ގުޅޭގޮތުން ވަކިވަކި ފަރުދުންގެ ގާތުގަ އާއި އާންމު ތަންތަނާއި މީޑިއާގައި ވާހަކަ ދައްކައި، ނޫސް މަޖައްލާތަކާއި ސޯޝަލް މީޑިއާގައި ލިޔެ ނުހެދޭނެގޮތް ހަދައިފި އެވެ.
މިގޮތަށް ހަދާފައިވަނީ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަ ނުކުރާ މުވައްޒަފުން އަމަލު ކުރަންޖެހޭ ގޮތްތައް ހިމަނައިގެން އަލަށް އެކުލަވާލި އުސޫލުގައެވެ.
އެ އުސޫލުގައި ބުނެފައި ވަނީ ރައީސް އައްޔަންކުރައްވާ ސިޔާސީ މަގާމުތަކުގައި ތިބޭ ބޭފުޅުން، ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ، އެ ނިންމުންތަކަށް ޙުރުމަތްތެރިކޮށް ހިތަން ވާނެ ކަމަށެވެ. އަދި މިފަދަ ނިންމުންތަކާމެދު ޚިޔާލު ތަފާތުވިނަމަވެސް، އެކަމާ ގުޅޭގޮތުން ވަކިވަކި ފަރުދުންގެ ގާތުގައްޔާއި، އާންމު ތަންތާގައި ނުވަތަ މީޑިއާގައި ވާހަކަދައްކައި، ނޫސް މަޖައްލާ ފަދަ ތަކެއްޗާއި މީސް މީޑިއާގައި ލިޔެ ނުހެދުމަށް އުސޫލުގައި ބުނެފައި ވެއެވެ.
ނަމަވެސް މަގާމުގެ ހައިސިއްޔަތުން ހާމަކުރަންޖެހޭ މައުލޫމާތު، ކޮންމެ ހާލަތެއްގައިވެސް، ތެދުވެރިކަމާއެކު ހާމަކުރުމާއި، ސައްހަނޫން މައުލޫމާތެއް ހާމަކުރެވިއްޖެނަމަ، އެ މައުލޫމާތެއް ވީހާ އަވަހަކަށް ރަނގަޅުކުރަން އެ އުސޫލުގައި ވަނީ އަންގާފައެވެ. އަދި ގައުމީ ސަލާމަތަށާއި، އާންމު މަސްލަތަށްޓަކައި، ގާނޫނުގައިވާ ގޮތުގެ މަތިން، ސިއްރުކުރަންޖެހޭ މައުލޫމާތު ސިއްރުކުރަންވެސް އަންގާފައި ވެއެވެ.