logoEN
Sto top
ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ތިނަދޫގައި ނައިޓްމާކެޓެއް ބާއްވަނީ

ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ތިނަދޫގައި ނައިޓްމާކެޓެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

1/24/2021, 7:43:58 PM

big_kzxl9QqEhOcug7K

ގދ ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިސްނަގައިގެން ތިނަދޫގައި ނައިޓްމާކެޓެއް ބާއްވަން ނިންމައިފި އެވެ.

Wamco

"އަވަހަންބާ ، ގަންނަންބާ " ގެ ނަމުގައި ބާއްވަން ނިންމައިފައިވާ މި ނައިޓްމާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 5 މާރޗުން 11 މާރޗުގެ ނިޔަލަށެވެ. އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވަން ނިންމައިފައިވާ ނައިޓްމާކެޓްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައިވާއިރު ބައިވެރިވުމަށް އެދޭ ފޯރމު މިހާރު އެކޮމެޓީއިން ލިބޭނެއެވެ.

ބައިވެރިވުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 21 ގެ ނިޔަލަށް ހުޅުވާލެވިފައިވާނެ ކަމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ނެރުނު އިއުލާނެއްގައި ވެއެވެ. އަދި މި ނައިޓްމާކެޓާއި ބެހޭ އިތުރު މައުލޫމާތު 7665044 އަށް ގުޅުއްވައިގެން ލިބިވަޑައިގަންނަވާނެއެވެ.

ގދ ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިސްނަގައިގެން ތިނަދޫގައި އަންނަނީ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside