ކޮވިޑް 19 ޖެހިގެން ރާއްޖެއިން އުމުރުން 86 އަހަރުގެ ފިރިހެނަކު ނިޔާވެއްޖެ އެވެ.
އެޗްޕީއޭއިން ވިދާޅުވި ގޮތުގައި އެމީހާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި އެމީހާ ނިޔާވެފައިވަނީ މިއަދު ހަވީރު 04:27 ގައި ކަމަށެވެ.
މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 51 ވަނަ މީހާއެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މަދުވެފައި އޮއްވާ އަނެއްކާވެސް މަޑުމަޑުން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވެ ބިރުވެރިކަން އިތުރުވަމުންނެވެ, އެގޮތުން ބައެއް ސްކޫލުތަކުންވެސް ބައްޔަށް ފައްސިވެފައިވާ ދަރިވަރުން ވަނީ ފެނިފައެވެ.