logoEN
ކޮކާކޯލާ
އަންހެނުންނަށް ގޮނޑި ހާއްސަކުރުން ރަނގަޅު - ހައިކޯޓް

އަންހެނުންނަށް ގޮނޑި ހާއްސަކުރުން ރަނގަޅު - ހައިކޯޓް

އަހުމަދު ޝުރާއު

logo

1/24/2021, 4:38:43 PM

b_1fPT5hybVwOjAozHSXuW4L1qM

ލޯކަލް ކައުންސިލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަކުރަން ގާނޫނަށް ގެނައި އިސްލާހު ގާނޫނުއަސާސީއާ ޚިލާފް ނޫން ކަމަށް ހުކުމު ކޮށްފިއެވެ.

އަބުޅޯ

ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް، މޫސާ އަންވަރު ކޯޓަށް ހުށަހެޅި ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރަން ގާނޫނަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފު ކަމަށާއި އެއިން ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ބައެއް ހައްގުތަކަށް އުނިވާ ކަމަށް ބުނެ ހައިކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅުނު މި މައްސަލައިގައި ހުކުމް ކުރީ ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގު ވެގެނެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި އަލީ ސަމީރާއި އަބްދުއްރައޫފް އިބްރާހިިމާއި ހުސައިިން ޝަހީދުގެ އިތުރުން ހާތިފް ހިލްމީ އެވެ. ރިޔާސަތު ބެލެހެއްޓެވީ ނިޔާޒެވެ.

ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި، އާންމު ގާނޫނަކުން އަސާސީ ހައްގެއް ހަނި ނުކުރެވޭނެ ކަމަށް މޫސާ އަންވަރު ބުނެފައިވާ ބުނުމުން ބިނާކުރާ ހަމައެއް ނުދެއްކޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އާންމު ގާނޫނަކުން އަސާސީ ހައްގެއް ހަނި ކުރެވިދާނެ ކަމަށް ގާނޫނުއަސާސީގެެ 16 ވަނަ މާއްދާގައި ބުނެފައިވާތީ ކޮންމެ އަސާސީ ހައްގެއް ހަނިކުރަން ގާނޫނުއަސާސީ އިސްލާހު ކުރަން ނުޖެހޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އަންހެނުންނަށް 33 ޕަސެންޓް ގޮނޑި ޚާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ނޫން ކަމަށް އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ. އަދި އެ އިސްލާހުގެ ދަށުން އަންހެނުންނަށް ޚާއްސަކުރި ގޮނޑިތައް ކަނޑައެޅި ގަވާއިދު ސައްހަ ކަމަށް ކަނޑައެޅީ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ