ޤުރްއާން އަދި ޓިއުޝަން ކްލާސްތައް ހުޅުވަން ހުއްދަ ދީފި

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއި އެކު ބަންދުކުރި ގުރުއާން އަދި ޓިއުޝަން ކްލާސްތަށް ހުޅުުވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ  ( އެޗްޕީއޭ ) އިން ދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު އާންމުކުރީ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ގުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ހިންގުމުގެ ހުއްދަ އެ އެޖެންސީ އިން ދީފައިވާ ކަމަށެވެ. އަދި އެހެން ކަމުން އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޓިއުޝަނާއި ގުރުއާން ކްލާސްތައް މިއަދުން ފެށިގެން ހުޅުވައިގެން ހިދުމަތް ދިނުން ހުއްދަކަން ވަނީ އިއުލާން ކޮށްފައި އެވެ.

ގްރުއާން އަދި ޓިއުޝާން ކްލާސްތައް ހުޅުވުނު ކަމުގައި ވީނަމަވެސް މި ކްލާސްތަށް ހިންގަންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށްވެސް މި އިއުލާނުގައި ވަނީ ބުނެފައިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު ހިސާބުގައި ޓިއުޝަން ސެންޓަރުތަކާއި ގުރުއާން ކްލާސްތައް ބަންދުކުރި ގޮތަށް އެ ތަންތަން ހުޅުވާފައި ނުވެ އެވެ. ނަމަވެސް ދޮޅު މަސް ދުވަހުގެ ބަންދަކަށް ފަހު މި މަހުގެ 10 ގައި ސްކޫލުތައް ހުޅުވާލުމާއެކު ބައެއް ގުރުއާން ކްލާސްތައް ވެސް ހުޅުވި އެވެ. ނަމަވެސް އެޗްޕީއޭއިން އެދުމާއެކު އެ ތަންތަން ބަންދުކުރީ އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް