logoEN
cocacola
ފަތުރުވެރިން ކަރަންޓީނެއް ނެތި ހުވަދު އަތޮޅުގެ ރަށްތަކަށް ، ރިސޯޓު ތަކުގައި މަސައްކަތްކުރާ ހުވަދޫ ޒުވާނުން ކަރަންޓީނަށް!

ފަތުރުވެރިން ކަރަންޓީނެއް ނެތި ހުވަދު އަތޮޅުގެ ރަށްތަކަށް ، ރިސޯޓު ތަކުގައި މަސައްކަތްކުރާ ހުވަދޫ ޒުވާނުން ކަރަންޓީނަށް!

އަހުމަދު ޝުރާއު

logo

1/24/2021, 3:36:44 PM

aisiivO01OfKvMAA0kreO6a72KUl3MkEQM5CWsiI

ކޮވިޑް-19 ބަލިމަޑުކަމާއި އެކު ރާއްޖޭގެ އިޤްތިސާދު މިއޮތީ ވަރަށް ބޮޑު އަޑިގަނޑެއްގެ ތެރޭގައި އެވެ. މި އަޑިގަނޑުން އަރައިގަތުކަށް ސަރުކާރުން އަންނަނީ ގިނަ ފަޔަވަޅު ތަކެއް އަޅައި ޤައުމަށް ފައިސާ ވަންނަން ހުރި ދޮރުތަށް ހުޅުވާލަމުންނެވެ. ފަތުރުވެރިކަމަކީ މިކަމަށް އޮތް އެންމު މުހިންމު އެއް ސިނާއަތެވެ. ކޮވިޑާއި އެކު ރާއްޖޭގެ ބޯޑަރުތަށް 110 ދުވަހަށް ބަންދުކުރުމަށް ފަހު އަލުން ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެވެ. މިއާއި އެކު އިޤްތިސާދު ރަނގަޅުވުމުގެ އުންމީދުތަށް އާވެގެން ދިޔައެވެ. ދުނިޔޭގައި ކޮވިޑްގެ ބަލިމަޑުކަން ހަމައަކަށް އެޅެން ފެށުމާއި އެކު ރާއްޖެ އަންނަ ފަތުރުވެރިން ގިނަވެ މިހާރު ރާއްޖޭގެ ގިނަ ރިސޯޓުތަށް އޮތީ ފުރިފައިއެވެ. އަދި އެޗްޕީއޭއިން މިވަނީ ވަކި ރަށްތަކެއް ކަނޑައަޅައި ލޯކަލް ޓުއަރިޒަމްއަށް ފުރުސަތު ދީފައި އެވެ.

ގޮސިޔާ

ހުވަދު އަތޮޅުގެ ދެ ރަށަކަށް ފަތުރުވެރިން ގެނައުމުގެ ހުއްދަ އެޗްޕީއޭއިން މިވަނީ ދީފައެވެ. އެގޮތުން ހުވަދު އަތޮޅުން މިވަގުތު ލޯކަލް ޓުއަރިޒަމަަށް ހުޅުވާލައިފައިވަނީ ގދ ތިނަދޫ އަދި ގދ ފަރެސްމާތޮޑާއެވެ. މިގޮތުން ބަލާއިރު އެޗްޕީއޭގެ ހުއްދަ ލިބުނު ދެރަށުގައި ޖުމުލަ މިވަގުތު 38 އެނދު އޮޮޕަރޭޝަންގައި އެބައޮތެވެ. ފަތުރުވެރިން ރަށުގެ ގެސްޓްހައުސްތަކުގައި އާއި އާންމު ރައްޔިތުން ވަންނަ ރެސްޓޯރެންޓުތަކުގައިއާއި އާންމު ރައްޔިތުމިހާ މޫދަށް އެރެންދާ ބީޗުތަކުގައި އެޗްޕީއޭގެ އެއްވެސް ގައިޑްލައިނަކަށް ބެލުމެއް ނެތި އުފާކުރުމުގެ ފުރުސަތު މިވަނީ މި ރަށްތަކުގައި ހުޅުވާލެވިފައިއެވެ. އަދި މި ފަތުރުވެރިންނަށް ސާވިސްދޭ މުވައްޒިފުންވެސް އެއްވެސް ކަހަލަ ތަފާތެއް ނެތި އާންމު ރައްޔިތުން އުޅޭފަދައިން ރަށުތެރޭގައި އުޅެމުގެ ފުރުސަތު ވެސް މިއޮތީ ދެވިފައި އެވެ. މިއީ ނުރައްކަލުގެ ރަނގަބީލެކެވެ.

މިގޮތުން ހުވަދުއަތޮޅުގެ އެންމެ އާބާދީ ބޮޑު އެއްރަށުގައި ދާދިއިހަކަށްދުވަހު އެރަށަށް ގެނައި ފަތުރުވެރިންތަކެއް ރަށުތެރޭގައި އާއި ބީޗްތަކުގައި އެޗްޕީއޭގެ އެއްވެސް ގައިޑްލައިނަކަށް ބެލުމެއް ނެތި އުޅެމުންދިޔަ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފައެވެ. ދައުލަތުގެ މުވައްސަސާތަކުން ނަގަންޖެހޭ ހުއްދަ ނަގައިގެން ވިޔަފާރިކުރުމުގެ ގޮތުން ފަތުރުވެރިން ގެނައުމަކީ އެއްވެސް މައްސަލައެއް އެކަމުގައި އޮތް ކަމެއް ނޫނެވެ. އެހެންނަމަވެސް ދައުލަތުގެ މުވައްސަސާތަކުން ނެރެފައި ހުންނަ ގައިޑްލައިންތަކަށް އިހްތިރާމްކުރުމަކީ މިފަދަ ވިޔަފާރި ހިންގާ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއަކަށް ވާންވާނެއެވެ. ހަމައެއާއިއެކު މިކަންކަން މޮނީޓާކޮށް ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރަމުން ދޭތޯ ބެލުމަކި ކަމާގުޅުންހުރި ތަންފީޒީ އިދާރާތަކުގެވެސް ޒިންމާއެވެ.

މިކަން މިގޮތަށް އޮތްއިރު މިހާރު އެންމެ ގަދައަށް އަޑުއިވެމުންދަނީ ބަޔެއްގެ ހައްގުތަކެއް ގެއްލިފައިވާ ވާހަކަތަކެވެ. ފަތުރުވެރިޔާއަށް އެއްވެސް ކަރަންޓީނުވުމެެއްނެތި ހުވަދު އަތޮޅުގައި ލޯކަލް ޓުއަރިޒަމަށް ހުއްދަ ދެވުނު ރަށްތަކަށަށް އައިސް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދީފައިވާއިރު ހުވަދު އަތޮޅުގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މިރަށްތަކަށް ނިސްބަތްވާ ޒުވާނުން ޗުއްޓީއަށް ރަށަަށް އަންނަ ކަމުގައި ވަނީ ނަމަ 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރުން ޖެހޭކަމަށް އެޗްޕީއޭގެ ގައިޑްލައިންގައި ވެއެވެ.

މިހެން މިކަން ކުރަނީ ރިސޯޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަކީ ފަތުރުވެރިންނާއި ޑައިރެކްޓް ކޮންޓެކްޓް ވާ ބަޔަކަށް ވާތީއެވެ. އެހެން ނަމަވެސް ހުވަދު އަތޮޮޅުގައި ލޯކަލް ޓުއަރިޒަމަށް ހުޅުވިފައިވާ ދެރަށަށް ޑައިރެކްޓުކޮށް އެއްވެސް ކަރަންޓީނެެއް ނެތި ފަތުރުވެރިންނަށް އަރާފޭބޭ އިރު މި ރަށްތަކަށް ނިސްބަތްވާ ރިސޯޓު މުވައްޒިފު މީހާއަށް އެރަށްތަކަށް ނާދެވެން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ހުވަދު އަތޮޅަށް ނިސްބަތްވާ ( ހާއްސަކޮށް ލޯކަލް ޓުއަރިޒަމަށް ހުޅުވިފައިވާ ދެރަށަށް ނިސްބަތްވާ ) ރިސޯޓު މުވައްޒިފުން ދަނީ އަޑުއުފުލަމުންނެވެ. މިގޮތުން އެޗްޕީއޭއަށާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއަށް އެކިގޮތްތުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް " ގާފު " ނިއުސްޓީމަށް ވަނީ މައުލޫމާތު ލިބިފައިވެއެވެ. އަދި އެޗްޕީއޭއަށާއި ފަތުރުވެރިކަމާއި ބެހޭ ވަޒީރަށް ފޯނުގެ ޒަރިއްޔާއިން ގުޅައި އެމުވައްޒިފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަށް ވަޒީރާއި ހިއްސާކޮށްފައިވާ ކޯލް ރިކޯޑިންގ ތަކެއް ވަނީ ގާފު ނިއުސްޓީމަށް ލިބިފައިވެއެވެ.

ހުވަދު އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރަމުން އަންނަ ޒުވާނަކު ގާފު ޓީމަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި އަނބިދަރިންނާއި މައިންބަފައިން ކައިރިއަށް ނުގޮސް ހުރިހާ ގުރުބާނީތަކެއް ވާން މިޖެހެނީ ރިސޯޓު މުވައްޒިފުން ކަމަށާއި ހާއްސަ ހުއްދައިގެ ދަށުން ސަރުކާރުގެ އިސްވެރިންނާއި ރާއްޖެ އަންނަ ފަތުރުވެރިންނަށް އެއްވެސް ކަރަންޓީނެއް ނެތި ރަށްރަށަށް އަރާފޭބުމުގެ ހުއްދަ އޮންނަ އިރު ރިސޯޓު މުވައްޒިފު މީހާއަށް ރަށަށް ދާނަމަ އޮތް ހަމައެކަނި ޗޮއިސް އަކީ ކަރަންޓީނު ކަމަށެވެ. އަދި ލޯކަލް ޓުއަރިޒަމަށް ހުއްދަ ދީފައިވާ ރަށްތަކަށް ފަތުރުވެރިންނަށް އާދެވޭއިރުގައި އާއި އެފަތުރުވެރިންނަށް ހިދުމަތްދޭ މުވައްޒިފުންނަށް ރަށުގައި އެއްވެސް ހުރަހެއް ނެތި ރަށު އާންމު ރައްޔިތުންނާއި އެކު އުޅެވޭ އިރު ފަތުރުވެރިންނަށް ހިދުމަތް ދޭތީ ރިސޯޓް މުވައްޒިފު މީހާ ރަށަށް ނުދެވެންޖެހޭ އެއްވެސް ސަަބަބެއް ނެތް ކަމަށް ގަބޫލުކުރާކަމަށް މިޒުވާނާ ވަނީ ބުނެފައިއެވެ.

ހަމައެއާއެކު މި ޒުވާނާ އިތުރަށް ބުނިގޮތުގައި މިވަގުތު ރާއްޖޭގެ ރިސޯޓްތަކަކީ އެންމެ ރައްކާތެރިތަންތަން ކަމުގައި ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނެފައިވަނީ ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއަކު އަންނަނީ ޕީސީއާރް ޓެސްޓް ނެޖެޓިވް ނަތީޖާއެކު ކަމަށާއި ފުރައިގެން ދަނީވެސް ޓެސްޓް ހެދުމަށް ފަހު ނެގެޓިވް ނަތީޖާއާއި އެކު ކަމަށްވުމެވެ. ފަތުރުވެރިން ރިސޯޓްތަކަށް އަރާފޭބުމުގައި ޕީސީއާރް ޓެކްޓް ހެދަމުން ދާތީ އެރިސޯޓެއްގައި މަސައްކަތްކުރާ މުވައްޒިފުންގެ ރައްކާތެރިކަން ކަށަވަރު ވެފައިވާނެ ކަމަށާއި މިހެން މިކަން ހިނގަމުން ދާއިރު މޮނީޓަރިންގ ހާލަތުގައި ނެތް ރިސޯޓް ތަކުން ލޯކަލް ޓުއަރިޒަމަށް ހުއްދަ ދެވިފައިވާ ރަށްތަކަށް އަދި މޮނީޓަރިންގ ހާލަތުގައި ނެތް ރަށްރަަށަށް ކަރަންޓީނަކާއި ނުލައި ނުދެވެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެޒުވާނާ ބުނެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވަޒީރަށް ކަންބޮޮޑުވުންތަށް ހިއްސާކުރި ޒުވާނަކު ގާފު ޓީމަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ވަޒީރުގެ ފަރާތުން މިކަމަށް އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށާއި ރިސޯޓް ތަކުގެ މުވައްޒިފުން މިހާ ހާލުގައި ޖެއްސުމަކީ ރިޔާސީ އިންތިހާބުގައި މިއަދު އޮތް ވެރިކަން ގެނައުމަށް ކުރި މަސައްކަތަށް ކުރާ މަލާމާތެއްގޮތުގައި ސިފަކޮށްފައިވެއެވެ. އަދި މީގެ އިތުރުން މިވެރިކަން ގެނައީ ވަރަށް އުންމީދާއި އެކު ކަމަށާއި ރިސޯޓު ތަކުގެ މުވައްޒިފުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޤައުމުގެ އިޤްތިސާދު ރަނގަޅު ކުރުމަށްޓަކައި ވަމުން އަންނަ ޤުރުބާނީއާއި މެދުކެނޑުމެއް ނެތި ކުރަމުން މިދާ މަސައްކަތްތަށް ބަލައިގަންނަށް ޖެހޭ ކަމަށެވެ. އަދި އެބޭފުޅުންގެ މި ކަންބޮޑުވުންތަކަށް ހައްލުހޯދައިދެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދޭކަމަށް ޒުވާނާ ވަނީ ބުނެފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ