logoEN
ކޮކާކޯލާ
ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންވާގޮތަށް ކުށްތަކާއި ޖަރިމާތަށް ހިންގާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައިފި!

ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންވާގޮތަށް ކުށްތަކާއި ޖަރިމާތަށް ހިންގާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައިފި!

141734943_245556290286133_4111114075845150309_n

ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންވާގޮތަށް ކުށްތަކާއި ޖަރިމާތަށް ހިންގާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް އަޑު އުފަލުމުންދާ ޖަމިއްޔާ ތަކަކުން ގޮވާލައިފިއެވެ.

އަބުޅޯ

ޖުމްލަ 10 ޖަމިއްޔާއެއް ހިމެނޭހެން ރާއްޖޭގައި ތިމާވެއްޓާއި ދެކޮޅަށް ކުރެވެމުންދާ އެކިއެކި ކަންތައްތަކާއި ބެހޭގޮތުން މިއަދު ބަޔާނެއް ނެރިފައިވާއިރު، އެބަޔާނުގައި ވަނީ ދިވެހި ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންވާގޮތަށް ހިންގަމުންދާ ކުށްތަކާއި ޖަރީމާތައް ވަގުތުން ހުއްޓުވުމަށާ ތަކުރާރުވިޔަ ނުދިނުމަށް އަދި ހަމަ އެހެންމެ، އެފަދަ ޖަރީމާތައް ތަހުގީގުކޮށް ތިމާވެއްޓަށް ގެއްލުންދޭ ފަރާތްތަކާދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ހަމަ އެހެންމެ، އެބަޔާނުގައި ދިވެހިރާއްޖޭގައި ތިމާވެށްޓަށް ގެއްލުންވާގޮތަށް ހިންގެމުންދާ އެކި ކަންތައްތައް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ދާދި ފަހަކުން ކ.ހިންމަފުށީ ކައިރީގައި އޮންނަ ފިނޮޅެއް ހަލާކުކޮށްލުމަށް ގިލިލަންކަންފުށީގެ ރިސޯޓްގެ އިސްވެރިންނާއި އެެއްކޮށް އެރިސޯޓުގެ ބައެެއް މުވައްޒަފުން ދިޔަކަން އެބަޔާނުގައި ފާހަގކޮށް، އެކަން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އަދި ހަމައެހެންމެ، ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ހިންގުނު، ދިވެހިރާއްޖޭގެ އެންމެ ބޮޑު ޙިޔާނަތް ކަމުގައިވާ އެމް.އެމް.ޕީ.އާރް.ސީގެ ޙިޔާނަތުގައި ދިވެހި ރާއްޖޭގެ ރަށްތަކާއި ފިނޮޅުތަކާއި އަދި ފަޅުތަށް ނުއަގުގައި ވިއްކައިފައިވީއިރު، އެކަމުން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ގެއްލުން ފާހަގަ ކޮށް، އެފަދަ ރަށްތަކާއި، ފަޅުތަކާއި ފިނޮޅުތަށް ދިވެހި ރައްޔިތުންނަށް ބޭނުންކުރުމެގެ ފުރުސަތު ހުޅުވިފައި އޮތުމަކީ ރައްޔިތުންގެ އަސާސީ ހައްގެއްކަމުގައިވެސް އެބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. ހަމައެހެންމެ، 2021 ގެ ޖަނަވަރީއިން ފެށިގެން ރާއްޖެއިން 480 ކިލޯއަށް ވުރެ ގިނަ މިޔަރު އުރަހަ ބޭރުކުރަން މަސައްކަތް ކޮށްފައިވާއިރު، 2010 އިން ފެށިގެން މިޔަރަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ބާވަތެއްކަން އެބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ހަމައެހެންމެ، ރާއްޖޭގެ ރިސޯޓްތައް ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ރިސޯޓްތަކުން ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ނުހުއްޓޭނެކަމަށް ބުނެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގައި ދެއްކި ވާހަކައާއި މެދުވެސް ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމަމިއާއިއެކު، ދިވެހިރާއްޖޭގެ އެކި އެކި މަތީ ފަރާތްތަކުން ރާއްޖޭގެ ތިމާވެއްްޓަށް ގެއްލުނެ ދިނުމަށް އެކި ކަހަލަ ކުށްތަކަަށް އަރައިގަނެ ދެކެވެމުންދާ ވާހަކަ ތަކާއި މެދުވެސް ބަޔާނުގައި ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރާ ޖުމްލަ 10 ސީ.އެސް.އޯ ޖަމިއްޔާތަކެއް ގުޅިގެން ތިމާވެށްޓާއި ދެކޮޅަަށް ކުރެވެމުންދާ ކަންތައްތަކާއި މެދު ބަޔާނެއް ނެރުނު އިރު، އެބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ މަޖިލީހަށްވެސް ތިމާވެއްޓާއި ގުޅުންހުރި، މިހާރުވެސް އެކުލަވާލައި ފާސްކުރުމުގެ މަގުމަތީގައިވާ ގާނޫނުތައް ކަމަށްވާ، މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭބިލާއި އެކު، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ފަދަ ބިލުތަކަށް އިތުރު ސަމާލުކަމެއްދީގެން މަސައްކަތްކުރުމަށް ގޮވާލާފައެވެ. އަދި ހަމައެހެންމެ، އީޕީއޭއަށް ފުރިހަމަ ބާރު ދިނުމަކީ މިސަރުކާރުގެ 100 ދުވަހުގެ ވައުދުގައި ހިމެނޭކަމެއްކަން ހަނދާކޮށްދިނުމާއި އެކު، އީޕީއޭއަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ކަނޑައަޅާ ފުރިހަމަ ބާރުތައް ދިނުމަށްވެސް މިޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.

ޖުމްލަ 10 ޖަމިއްޔާއެއް ގުޅިގެން ނެރުނު ބަޔާނުގައި ހިމެނޭ ޖަމިއްޔާތަކަކީ، ޓްރާންޕޭރެންސީ މޯލްޑިވްސް، ޒީރޯ ވޭސްޓް މޯލްޑިވްސް، ބިލީފް، ލޭންޑް ސީ މޯލްޑިވިސް، އީކޯ ކެއަރ މޯލްޑިވްސް، ސޭވް ހުވަދޫ، ނަލަފެހި މީދޫ، ސޭވް އަވަރ ވޭވްސް މޯލްޑިވްސް އަދި ސޭވް މޯލްޑިވްސްއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ