މާލޭގެ ފިހާރައަކުން ރޭ ވައްކަން ކުރަން ތިބި ހަތަރު މީހަކު ހައްޔަރުކޮށް އެމައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މައުލޫމަތު ދިންގޮތުގައި މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ ތިން ފިރިހެނުންނެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ ގަލޮޅު ފިހާރައެއްގެ ތެރޭގައި ބަޔަކު އުޅޭކަމަށް ރޭ 04:10 އެހާކަންހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނެވެ.
އެގޮތުން މިމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ފިހާރައިން ވަގަށް ނަގާފައިވާ ސިނގިރޭޓް ކާޓޫންތަކެއްގެ އިތުރުން އެނަރޖީ ޑްރިންކްސްތަކަކާއި 3900 އަށްވުރެ ގިނަ ރުފިޔާ އެމީހުންގެ އަތުން ފެނިފައިވެއެވެ.
މިމައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.