logoEN
cocacola
އަތޮޅުގެ އުފެއްދުންތެރިންނަށް ތިނަދޫ ޑަބްލިއުޑީސީން އުފައްދައިދިން މަންސަ - ފުރިހަމަ މަސައްކަތެއް

އަތޮޅުގެ އުފެއްދުންތެރިންނަށް ތިނަދޫ ޑަބްލިއުޑީސީން އުފައްދައިދިން މަންސަ - ފުރިހަމަ މަސައްކަތެއް

# ތިނަދޫ ޑަބްލިއުޑީސީ

_AMN6107

ހުވަދު އަތޮޅަކީ ތާރީޚީ ގޮތުން ބަލާއިރުވެސް ފަންނުވެރި އެތައް ބަޔަކު އުފަންވެ، އުފެއްދުންތެރި އެތައް މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުންދާ އަތޮޅެކެވެ. އަތޮޅުގެ ކޮންމެ ރަށަކީވެސް އެރަށަކަށް ޚާއްސަވާ އުފެއްދުންތަކެއްވާ ރަށެކެވެ. އަތްތެރި މަސައްކަތުންނާއި ކެއުންބުއިމާއި އެފަދަ އެކި ދާއިރާތަކުންނެވެ. އެފަދަ މަސައްކަތްތެރިންގެ މަސައްކަތްތައް މީގެ ކުރިން އަތޮޅު ލެވެލްގައި "އެކްޒިބިޓް" ކޮށްފައި ނުވެއެވެ. ނަމަވެސް މިހާރު ކުރިއަށްދާ "ގދ. އަތޮޅު ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ 2022" އަކީ ފެށުމެކެވެ.

ގޮސިޔާ

މި އެކްސްޕޯގެ މަޤްސަދަކީ ވިޔަފާރީގެ މައިދާނުގައި ދެޖިންސުގެ ފަރާތްތައްވެސް ބާރުވެރިކުރުވައި އެފަރާތްތަކުގެ އުފެއްދުންތަކަށް ވާދަވެރި މާކެޓެއް ހޯދައި ދިނުމެވެ. އެގޮތުން ކާބޯތެކެތި ހެދުމުގެ ހުނަރާއި އަތްތެރި މަސައްކަތާއި އާރޓް އެންޑް ކްރާފްޓުގެ މަސައްކަތްތަށްވެސް މި އެކްސްޕޯގައި ހިމެނެއެވެ.

undefined

ތިނަދޫ ޑަބްލިއުޑީސީގެ އިސްނެގުމުގެ މަތިން، ބިޒްނެސް ސެންޓަރ ކޯޕަރޭޝަންގެ ފަންނީ އެހީތެރިކަމާއެކު ގދ. އަތޮޅުގެ މަސައްކަތްތެރިންނަށް ހުޅުވައިލި މި "މަންސަ" އަކީ އަތޮޅުގެ މަސައްކަތްތެރިންގެ އުފެއްދުންތަކަށް ފަހިކޮށްދިން މާކެޓެކެވެ. އެ މަސައްކަތްތެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް އަތޮޅުގެ ބޮޑު އާބާދީއަކަށް ދައްކައިލުމުގެ ފުރުސަތު މިވަނީ ލިބިފައެވެ. މި އެކްސްޕޯގެ ތެރެއިން ތަކެތި ބައްލަވައިގަތުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވުމުން މި އެކްސްޕޯއަކީ އެ މަސައްކަތްތެރިންނަށް ވިޔަފާރީގެ ގޮތުން ފަހިވެގެން ދިޔަ، ބޭނުންތެރި ފުރުސަތެކެވެ.

މި އެކްސްޕޯގައި ގދ. އަތޮޅުގެ 7 ރަށަކުން 189 މަސައްކަތްތެރިއެއްގެ އުފެއްދުންތައް ބައިވެރިކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ގައުމީ ފެންވަރުގެ މައުރަޒުތަކުގައި މީގެ ކުރިން ބައިވެރިވެފައިވާ ފަރާތްތަކައްވެސް ހިމެނެއެވެ. މާދަމާ ރޭގެ ނިޔަލަށް ކުރިޔަށް ދާ މި އެކްސްޕޯގެ ތެރެއިން ދާއިރާއާ ގުޅޭ އެކި ކަންކަމާ ގުޅޭ ގޮތުން ޚާއްސަ މައުލޫމާތު ސެޝަންތަކެއްވެސް ކުރިޔަށް ދާނެ އެވެ.

undefined

ކުލަގަދަ ރަސްމިއްޔާތަކަށްފަހު ރޭ ފެށި މި އެކްޕޯއާ މެދު އެކްސްޕޯގެ ބައިވެރިންގެ އުއްމީދުތައް ހުރީ ވަރަށް ފޮނިކޮށެވެ. ދެކެނީ މިއީ އެ ފަރާތްތަކަށް ހުޅުވައިލެވުނު މުޙިއްމު މަންސައެއް ކަމަށެވެ. އަދި އިންތިޒާމުތަކާމެދުވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. އަދި މި އެކްސްޕޯއިން އެފަރާތްތަކަށް ފަހިވެގެން ދިޔަ ފުރުސަތުތަކުގެ ބޭނުން ހިފައިގެން އިތުރަށް ކުރިއަރައިދިއުމަށް ފަސޭހަ ވެގެންދާނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. ޖުމްލަކޮށް އެންމެންވެސް ބުނީ "ފުރިހަމަ މަސައްކަތެއް" ކަމަށެވެ.

އެކްސްޕޯ ކުރިއަށް ދަނީ، ވިޔަފާރި ކުރިއަރުވަން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި، ވިޔަފާރި ފުޅާ ކޮށް ތަރައްގީކުރުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދޭ ފަރާތްތަކާވެސް އެކުގައި ކަމަށްވުމުން އެކްސްޕޯގެ ބައިވެރިންނަށް މި އެކްސްޕޯ ވެފައިވަނީ "ޒަމާންވީ މަސައްކަތަށް ތިނަދޫ ޑަބްލިއުޑީސީން ހޯދައިދިން ޒަމާނީ މަންސަ" އަކަށެވެ. މައުރަޒުގެ ބައިވެރިން ތިބީ، އަންނަ އަހަރުވެސް މިފަދަ މައުރަޒެއް ބާއްވާނެ ކަމުގެ އުއްމީދުގައެވެ.

undefined

މި އެކްސްޕޯގައި ބައިވެރިކުރާ އުފެއްދުތަކަށް އިންސާފުކޮށް ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާއިރު އެކްސްޕޯގައި ބައިވެރިކުރާ އުފެެއްދުންތަކަށް ފަނޑިޔާރުން ވަނީ އިއްޔެ ވަނީ އިންސާފުކޮށްފައެވެ. އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާ ވަނަ ތަކުގެ ތެރޭގައި އެންމެ މަޝްހޫރު ސްޓޯލް (ލިބުނު އާމްދަނީއަށް ބަލާފައި) އާއި އެންމެ އުފެއްދުންތެރި ސްޓޯލާއި ކާބޯތަކެތީގެ ކެޓަގަރީއިން އެންމެ އުފެއްދުންތެރި ޕްރޮޑަކްޓާއި އާޓް އެންޑް ކްރާފްޓް ކެޓަގަރީން އެންމެ އުފެއްދުންތެރި ޕްރޮޑެކްޓް ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ