logoEN
cocacola
70 އަހަރު ކައިވެނިކޮށްގެން ލޯބިން އުޅުމަށްފަހު، ކޮވިޑް 19ގައި މި ދުނިޔެއާ ވަކިވީ ލޯބިން  އަތާއި އަތް ގުޅައިގެން ތިބެ!

70 އަހަރު ކައިވެނިކޮށްގެން ލޯބިން އުޅުމަށްފަހު، ކޮވިޑް 19ގައި މި ދުނިޔެއާ ވަކިވީ ލޯބިން އަތާއި އަތް ގުޅައިގެން ތިބެ!

1

ކުޑައިރުގެ ދެ ލޯބިވެރިން، ކައިވެނިކޮށްގެން 70 އަހަރު ލޯބިން އުޅުމަށްފަހު، ކޮވިޑް19 ޖެހި އެމެރިކާގެ އޮހިއޯގެ ހޮސްޕިޓަލެއްގެ އެދުގައި ތިބެ މިދުނިޔެއާއި އަލްވަދާޢު ކީ ދެމަފިރިން އަތާއި އަތް ގުޅައިގެން ތިބެގެންނެވެ.

ގޮސިޔާ

ޑިކް މީކް (89 އަހަރު) އަދި ޝާލީ މީކް (87 އަހަރު)، 16 ޖެނުއަރީ 2021 ގައި މިދުނިޔެ ދޫކޮށްފައިވަނީ ކުޑަ މިނެޓްކޮޅެއްގެ ތަފާތަކާއެކު ދެމަފިރިން އެކު އެކީގައެވެ. އާއިލާ އިން ސީއެންއެން އަށް މަޢުލޫމާތު ދެއްވަމުން ބުނެފައިވަނީ ދެމަފިރިން މިދުނިޔެ ދޫކޮށްފައި ވަނީ ކޮވިޑް19ގެ ފަރުވާ ހޯދަމުން އަންނަނިކޮށް، ކޮލަމްބަސްގެ ރިވާސައިޑް މެތޯޑިސްޓް ހޮސްޕިޓަލް، އޮހިއޯ ގައި އެވެ.

ދަރިފުޅު ޑެބީ ހޯވެލް ބުނެފައިވާ ގޮތުގައި، މަރަށްވެސް ދެމަފިރިން ވަކިކޮށް ނުލެވުނެވެ. ދެމަފިރިންގެ ލޯބީގެ ވަރުގަދަ ގުޅުމަކީ، އަބަދުވެސް އޭނާ ފަޚުރުވެރިވާ އަދި އަބަދުވެސް ޝުކުރުވެރިވާ ގުޅުމެކެވެ.

އަންހެން ދަރިފުޅު ވިކީ ހާޕާރ ބުނެފައިވާ ގޮތުގައި، މަންމަޔާއި ބައްޕަ ދުނިޔެ ދޫކޮށްފައިވަނީ، ކޮވިޑް19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެނުއަރީ 19 ގައި ދިނުމަށް ޝެޑިއުލް ކުރެވިފައި ވަނިކޮންނެވެ. އަދި މަންމަޔާއި ބައްޕަ ނިޔާވީ، ބައްޕަގެ 90 ވަނަ އުފަންދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުން ދަނިކޮށް އުފަންދުވަސް ކައިރިވެފައި ވަނިކޮށްނެވެ.

އެމެރިކަގެ އޮހިއޯގެ ކޮޝްކޯޓޮން ސިޓިއަށް އުފަން މިދެމަފިރިން، ފުރަތަމަ އެކަކު އަނެކަކާއި ބައްދަލުވެފައި ވަނީ ސާނަވީ ސްކޫލުގައި ކިޔެވި ދުވަސްވަރުއެވެ. ފުރަތަމަ ނަޒަރުން ލޯބި ވެވިދާނެކަމަށް ޤަބޫލު ކުރެވޭހެއްޔެވެ؟. އާއިލާއިން މައުލޫމާތުދޭ ގޮތުގައި ބައްޕަޔަށް މަންމަޔަށް ލޯބި ވެވުނީ ހަމަ ފުރަތަމަ ނަޒަރުންނެވެ. ހައި ސްކޫލް ދުވަސްވަރުއްސުރެ، ދެލޯބިވެރިން ވަކިނުވެއެވެ. ފާއިތުވީ ޑިސެމްބަރު 22 ގައި ދެލޯބިވެރިންގެ ކާވެންޏަށް 70 އަހަރު ފުރުން ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

undefined

މިދެމަފިރިންނަށް 5 ކުދިން ލިބިފައި ވާއިރު، 13 ކާފަ، މާމަ ދަރިން ލިބިފައި ވުމުގެ އިތުރުން 28 މުނިކާފަ، މުނިމާމަ ދަރިން ދުށުމުގެ ނަސީބު ވަނީ ލިބިފައެވެ. އާއިލާ އިން ބުނާގޮތުން މިދެމަފިރިންނަށް އެމީހުންގެ މުޅިހަޔާތް ލޯބިން، އެމީހުން ބޭނުންވާގޮތަށް ވަނީ އެންމެ ފުރިހަމަޔަށް ދިރިއުޅެވިފައެވެ. ދެމަފިރިން އެކުގައި ދުނިޔެ ބެލުމަށް ދަތުރުކުރުން، ސްކައި ޑައިވިންގް ކުރުން، މުނިމާމަ، މުނިކާފަ ދަރިންގެ ޚާއްސަ މުނާސަބަތުތަކުގައި މުސްކުޅި އުމުރުގައިވެސް ބައިވެރިވެއެވެ. އެކަކު އަނެކަކަށް ދިރިއުޅުމުގައި އަބަދުވެސް ވަގުތު ހޯދާކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ކޮންމެ ދުވަހެއްގެވެސް ހަވީރު ވަގުތު، 3 ޖަހާއިރު، ދެމަފިރިން އެކުގައި ހިނގާލާ، ވާހަކަ ދައްކައި ކޮންމެވެސް ބުއިމެއް ބޮއި އެކުގައި ވަގުތު ހޭދަކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވެއެވެ.

ޑެބީ ހޯވެލް ސީއެންއެންއަށް މައުލޫމާތު ދެމުން ބުނެފައިވާގޮތުން، 88 އަހަރާއި 90 އަހަރުގެ މީހުންނާއި ތަފާތުކޮށް، މަންމަ އަދި ބައްޕަ ދެމީހުންނަކީ ވަރަށް ސިއްޙަތު ރަނގަޅު، ވަރަށް ވައިބްރަންޓްކޮށް އުޅުނު، އުފާވެރި، ހިތްގައިމު ދިރިއުޅުމެއް އުޅެމުން ދިޔަ ދެމަފިރިންނެވެ. ނަމަވެސް ކޮވިޑް19 ގެ ބަލިމަނޑުކަމުގައި ކުއްލިޔަކަށް ބަލިހާލު ބޮޑުވެ، ބަލިއެދުގައި އޮވެ ދުނިޔެ ދޫކުރަން ޖެހުނީއެވެ.

ދެމަފިރިން، ރޯނގާގެ އަލާމާތްތަކެއް ހުރެގެން 26 ޑިސެމްބަރ 2020 ގައި ޑޮކްޓަރަށް ދެއްކުމުން ކޮވިޑް19 އަށް ފައްސިވެފައިވާކަން އެނގިގެން ދިޔައެވެ. އާއިލާއިން މަޢުލޫމާތު ދިންގޮތުގައި ކޮވިޑް 19 ގެ އަލާމަތަށް ގިނަ ދުވަސްތަކަކަށް ފެނި އަދި ބަލިހާލަތު ބޮޑުވެގެން އިމަޖެންސީ ފަރުވާދިނުމަށް ޚާއްސަ ކޮވިޑް ފެސިލިޓީއަކަށް ބަދަލުކުރެވުނެވެ. ކޮވިޑް ފެސިލިޓީގައި ހާލަތު މަޑުމަޑުން ދަށްވެ، ކޮވިޑް 19ގެ ވެކްސިންގެ ފުރަތަމަ ޑޯޒަށް ނަންނޯޓްކޮށް، ވެކްސިންގެ އިންތިޒާރުގައި ތިއްބާ ދެމަފިރިން ދުނިއެއާއި ވަކިވެ އާއިލާއާއި ވަކިވެ ދިޔައީއެވެ.

undefined

އާއިލާގެ އެދުމުގެ މަތިން، ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން ދެމަފިރިންނަށް ފަރުވާ ދެމުން އައީ ހޮސްޕިޓަލުގެ އެއް ކޮޓަރިއެއްގައެވެ. ބައެއް ދުވަސް ދުވަހު ދެމީހުންގެ ހާލަތު ރަނގަޅުވަމުން އަންނަ ހެން ހީވެއެވެ. ނަމަވެސް، އަނެއްބައި ދުވަހު ހާލަތު ދަށްވެ މިފަދަ ގޮތަކަށް ދުވަސްތައް ގުނަންޖެހުނެވެ. އަދި މަޑުމަޑުން ފުއްޕާ މޭގެ ހާލަތު ދަށްވަމުން ދިޔައީއެވެ.

ކޮވިޑް ފެސިލިޓީގައި، ދެމަފިރިން ބަލަހައްޓަމުން އައި ފަރާތްތަކުން ދެމަފިރިންގެ ހާލަތު ދަށްކަން އަދި ގުނަމުން އަންނަނީ އެންމެ ފަހު ވަގުތުކަން އާއިލާއަށް އެނގުމުން، ދެމަފިރިން އެކުގައި ބޭއްވުމަށް އާއިލާއިން އެދިފައި ވެއެވެ. އާއިލާއިން ދެމަފިރިން ވަކިކުރަން ބޭނުން ނުވެއެވެ. ދެމަފިރިންގެ ގުޅުމަކީ އެމީހުންގެ އެންމެ ވަރުގަދަ ހިތްވަރުކަމަށް އާއިލާއިން ބުނެއެވެ.

އާއިލާއިން ބޭނުންވީ ދެމަފިރިންގެ އެންމެ ފަހު ވަގުތުކޮޅުގައިވެސް، އެކަކު އަނެކަކުދެކެ ވާލޯބި، އޭގެ އެންމެ ފުރިހަމަޔަށް ދެމަފިރިންނަށް އިޙްސާސްކޮށްދީ، އަތާއި އަތް ގުޅައިގެން، ދެމަފިރިންގެ އެންމެ ގަޔާވާ މިޔުޒިކް އަޑުއަހަމުން، ލޯބިން ހިތް ފުރިގެން މިދުނިޔެއާއި އަލްވަދާޢު ކިޔުމަށެވެ. މިކަން ހޮސްޕިޓަލުގެ ފަރާތުން އާއިލާއިން އެދުނު ގޮތަށް ކޮށްދީފައި ވެއެވެ.

މިދެމަފިރިން ބަލަހައްޓަމުން އައި ނަރުސް، އެމީހުންގެ މަޤްބޫލު ލަވަތަށް ހިމަނައިގެން ތައްޔާރު ކޮށްފައިވާ ދެ ގަޑިއިރުގެ ޕްލޭލިސްޓެއް ތައްޔާރު ކުރިއެވެ. ދެމަފިރިންނަށް ހިތްގައިމު ލަވަ އަޑު އަހަމުން އަތާއި އަތް ގުޅައިގެން ތިބެ މިދުނިޔެއާއި ވަކިވެގެން ފުރަތަ ގޮސްފައިވަނީ ޝާލީއެވެ. އަދި ކުޑަ މިނެޓްކޮޅެއްގެ ތަފާތާއި އެކު ޑިކް މިދުނިޔެ ދޫކޮށްފައި ވެއެވެ.

undefined

ހޮވެލް ބުނެފައިވާ ގޮތުން، ދެމަފިރިން ބަލަހައްޓަމުން އައި ނަރުސް، މަންމަ މިދުނިޔެއާއި ވަކިވުމުން މަންމަގެ ބޯ ބައްޕަގެ ކޮނޑުގައި ޖައްސާލަމުން، ބައްޕަގެ ކޮނޑުގައި ފިރުމާލަމުން ބުނިކަމަށް ވެއެވެ. ޑިކް އެވެ. މިއީ ދާންވީ ވަގުތެވެ. ޝާލީ ޑިކްއަށް އެބަ އިންތިޒާރު ކުރެއެވެ. އަދި ކުޑަ މިނެޓް ކޮޅެއްގެ ތެރޭގައި ޑިކްގެ ފުރާނަ މިދުނިޔެއާއި ވަކިވެގެން ދިޔައެވެ.

އާއިލާއިން މައުލޫމާތު ދޭ ގޮތުގައި، މަންމަ އަދި ބައްޕަ އެކުގައި ލޯބިން މުޅި ދިރިއުޅުން ކަޑައްތު ކުރުމުގެ އުފާ ލިބުމުގެ އިތުރުން، އެކު އެކީގައި އަތާއި އަތް ގުޅައިގެން މިދުނިޔެ ދޫކުރުމުގެ ނަސީބު ލިބުނު ކަމަށްޓަކައި އުފާކުރެއެވެ. އަދި ހޮސްޕިޓަލުގެ ފަރާތުން އެފަދަ ފުރުޞަތެއް ދީފައި ވާތީ ހޮސްޕިޓަލުގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް އާއިލާގެ ފަރާތުން ޝުކުރު އަދާކޮށްފައި ވެއެވެ. މި ދެމަފިރިންގެ ލޯބީގެ އަގުވަޒަންކޮށް، ލޯތްބަތް އިޙްތިރާމްކޮށްފައިވާތީ އާއިލާއިން ހޮސްޕިޓަލަށް ހިފަހެއްޓުމެއް ނެތް ޝުކުރު އަދާކޮށްފައި ވެއެވެ.

އާއިލާގެ ފަރާތުން ބުނެފައިވާގޮތުން، ކޮވިޑް19ވަނީ، އެމީހުންގެ ދިރިއުޅުމުގެ އެއްބައި އެމީހުންނާއި ވަކިކޮށްފައެވެ. އާއިލާގެ ބަހަކީ އެންމެހާ ބޭފުޅުން، ރައްކާވެ ތިބުމަށެވެ. އަދި ދުނިޔޭގައި ކޮވިޑް19 އާއި ހަނގުރާމަ ކުރާ ފަރާތްތަކަށް ވަގުތު ފާއިތު ނުވަނީސް، ކޮވިޑް19 ގެ ވެކްސިން ލިބިގެން ދިޔުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ