ރައުހަތް ސްޕޯޓްސް އިން ކޯޗެސް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ހިންގައިފި

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވިސް (އޭ.އޭ.އެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކުޑަކުދިންގެ އެތްލެޓިކްސް ޕްރޮގްރާމްގައި ޓްރެއިނިންގެ ދެމުން ގެންދަވާ ކޯޗުންނަށް އިތުރު ކޯޗިންގް ސިކްލްސް ދަސްކޮށްދިނުމަށް ކޯޗެސް ޑެވެލޮޕްމެންޓް ޕްރޮގްރާމްއެއް ރައުހަތު ސްޕޯޓްސް އެކަޑަމީއިން ހިންގައިފިއެވެ.

ޖެނުއަރީ 10 އިން ޖެނުއަރީ 23 އަށް ހިންގުނު މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު ކާޑެއްދޫގައި ބޭއްވިފައިވީއިރު، މި ޓްރެއިނިންގް ޕްރޮގްރާމްގެ ސެޝަންތަށް ނަންގައވައިދެއްވީ އެތްލެޓިކްސް އެސޯސިއޭޝަންގެ ތިނަދޫ ރީޖަނަލް ރައުހަތު ޤުދުރަތުއްﷲ، ތިނަދޫ ސްކޫލްގެ ލީޑިންގް ޓީޗަރ ޝިފާ މުހައްމަދު، ވޯލްޑް އެތްލެޓިކްސް ލައިސެންސް ކޯޗް ހަސަން ފައިހަތު ޤުދުރަތުއްﷲ، ތިނަދޫގެ އެތްލެޓިކްސްއަށް ގިނަގުނަ ހިދުމަތްތަކެއެއް ކޮށްދެއްވި ކޯޗް އަހްމަދު ސަދޫގްގެ އިތުރުން ކާޑެއްދޫ އެއާރޕޯޓްގެ ޑިރެކްޓަރ، މުހައްމަދު ޝަރީފްއެވެ.

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިވަގުތު ކުރިއަށް ގެންދާ ޕްރޮގްރާމްގައި 130 އެތްލީޓޫން ގެންދަނީ ޓްރެއިނިންގް ހަދަމުންނެވެ. މީގެ އިތުރުން ގައުމީ ޓީމްތަކުގެ މުސާރަ ލިބޭ 2 އެތްލީޓަކުވެސް މި ޓީމްގައި ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

ރައުހަތް ސްޕޯޓްސް ކްލަބަކީ ރާއްޖޭގެ އެތްލެޓިކްސްގައި ނަން މަޝްހޫރު އަދި ކާމިޔާބު ކްލަބެކެވެއަދި ރައުހަތު ސްޕޯޓްސް އިން އަންނަނީހުވަދު އަތޮޅުގައި ފުޅާ ދާއިރާއެއްގައި އެތްލެޓިކްސްދާއިރާއިން ދަރިވަރުން ތަމްރީން ކުރަމުންނެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް