މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ޒިބްރާތަކެއް ފެނިއްޖެ

ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ޒިބްރާތަކެއް އެފްރިކާގެ ޖަންގަލިން ފެނިއްޖެ އެވެ.

ޒިބްރާ އާންމުވެފައިވަނީ އެ ޖަނަވާރުގައި ހުންނަ ހުދާއި ކަޅު ކުލައިގެ ރޮނގުތަކުގެ ސަބަބުންނެވެ. ނަމަވެސް އެފްރިކާއިން ފެނިފައިވަނީ "ރަން" ޒިބްރާތަކެކެވެ. އެ ޒިބްރާތަކުގެ ކެހެރިތައް ހުންނަނީ ރަން ކުލައިގައެވެ. ސައިޓިސްޓުން ބުނާ ގޮތުގައި ޒިބްރާގެ ކުލަ ބަދަލުވާން މެދުވެރިވާ ސަބަބަކީ ޖެނެޓިކް މިއުޓޭޝަން އެވެ. ނަމަވެސް މިފަދަ މިއުޓޭޝަން އާންމުކޮށް މެދުވެރިވަނީ މެމަލްސް އަށް ކަމަށްވުމުން، ޒިބްރާގެ ހަމާއި ކެހެރިތަކަށް އަންނަން ފަށާފައިމިވާ ބަދަލު ތަހުލީލު ކުރުމަށް ސައިންޓިސްޓުން ވަނީ ފަށާފައެވެ.

އެގޮތުން ޔުނިވަސިޓީ އޮފް ކެލިފޯނިއާ ސައިންޓިސްޓުންތަކެއް ވަނީ 140 ޒިބްރާއެއްގެ ޑީއެންއޭ ތަހުލީލުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްލެއިންސް ޒިބްރާއާއި ތަފާތު ރޮނގުތައް ހުރި 7 ޒިބްރާއެކެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި ތަފާތު ރޮނގުތަކާއި ކެހެރި ތަފާތު ޒިބްރާތައް ވުޖޫދުވެފައިވަނީ "އިންބްރީޑިން"ގެ ސަބަބުން ކަމަށެވެ. އިންބްރީޑިން އަކީ އެއް "ހާޑް" ނުވަތަ ގްރޫޕެއްގެ މެދުގައި އާއިލާ ބިނާ ވަމުން ދިއުމަށް ކިޔާ ނަމެކެވެ. މިކަން މިހެން ދިމާވެފައިވަނީ އިންސާނުންގެ ސަބަބުން ކަމަށްވެސް ދިރާސާއިން ވަނީ ދައްކާފައެވެ. އެއީ އެހެން "ހާޑް" ތަކުގެ ޒިބްރާތަކާއެކު އާއިލާ ބިނާ ކުރުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުން ޖެނެޓިކްސް ބަލިކަށިވާތީ ކަމަށް ބުނެފައިވެއެވެ.

މިއާއެކު ޕްލެއިން ޒިބްރާގެ އާބާދީއަށް މިހާރު ވަނީ ނެތިގޮސްދާނެ ކަމުގެ ބިރު ހީވެފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް