logoEN
Sto top
އާރްއާރްސީ އަތުން ޕޮލިހައް މޮޅެއް

އާރްއާރްސީ އަތުން ޕޮލިހައް މޮޅެއް

އަހުމަދު މާހު

logo

9/22/2022, 9:39:40 PM

GMG_8821

ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތުގައި ގުރޫޕް އޭގައި ހިމެނޭ ތިނަދޫ ޕޮލިސް އަދި އާރްއާރްސީ މިރޭ ކުޅުނު މެޗު ޕޮލިހުން ކާމިޔާބުކޮށްފިއެވެ.

Wamco

ތިނަދޫ އާރު އަވަށު ފުޓްސެލް ދަނޑުގައި މިރޭ ކުޅުނު މެޗުަ ތިނަދޫ ޕޮލިސް އިން ކާމިޔާބުކޮށްފައިވަނީ 1-5 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ކާމިޔާބުކުރެވުނީ ޕޮލިހަށް އެކަންޏެވެ. ފުރަތަމަ ހާފުގެ 5ވަަނަ މިނެޓުގައި ޕޮލިހަށް މި ގޯލް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 16، ހައިޝަމް ސައީދު އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އާރުއާރުސީން ވެސް ޕޮލިސް ގޯލަށް ނުރައްކާ ކުރިނަމަވެސް ގޯލެއް ކާމިޔާބު ނުކުރެވުނެވެ.

ފުރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާއަކުން ޕޮލިސް ޓީމް ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ގިނަ ގޯލްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ދެވަނަ ހާފުގައި އާރުއާރުސީ ޓީމުން ހެދުނު ގޯސްތަކެއްގެ ބޭނުން ހިފައި ޕޮލިހުން ވަނީ އިތުރު 4 ގޯލް ކާމިޔާބުކޮށްފައެވެ. ޕޮލިހަށް ދެވަނަ ހާފުގައި ގޯލްތައް ކާމިޔާބުކޮށްދިނީ އެޓީމުގެ މުޙައްމަދު ޝަހުބާން (3 ގޯލް)، އިބްރާހިމް ނިޔާޒް (1 ގޯލް) އެވެ. ދެވަނަ ހާފް ނިމުމުގެ ކުރިން އާރުއާރުސީން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. މެޗުގައި ފެނިގެންދިޔަ ފަހު ގޯލް އާރުއާރުސީއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 22، ހަސަން ރަޝީދު އެވެ.

މި މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ޕޮލިސް ޓީމުގެ ޖާޒީ ނަންބަރު 7، މުހައްމަދު ޝަހުބާން އެވެ. އޭނާ ވަނީ މި މެޗުގައި އެޓީމަށް ހެޓްރިކް ހަދައިދީފައެވެ.

މި މުބާރާތުގައި އަންނަ ހުކުރު ހަވީރު ތިނަދޫ ޕޮލިސް ދެން ބައްދަލުކުރާނީ ޓީމް ފެނަކަ އާއިއެވެ. އަދި ހަމަ އެރޭ އާރްއާރްސީ ނުކުންނާނީ ދިރާގާ ދެކޮޅަށެވެ.

މިއަހަރުގެ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތަކީ ހުވަދޫ ރެކްރިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތްވެސް ކުރިޔަށް ގެންދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއްގްރޫޕުގައި 6 ޓީމް ހިމެނޭ އިރު އަނެއް ގްރޫޕުގައި 5 ޓީމް ހިމެނޭނެ އެވެ.

މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނާކީ އެމްޓީސީސީ، މިފްކޯ ، އެފްއެސްއެމް އަދި އެސްޓީއޯ އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ. ބެވަރޭޖަސް ޕާޓްނަރުންނަކީ ގޯސިއާ އާއި އެވިއާ އެވެ. ޕްރިންޓް ޕާޓްނަރަކީ ނޯވާޓެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside