
އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލުގައި ވަނީ ބަލި މީހެއް - ފުލުހުން
80384A61-1CCD-4516-B10E-070CD19AAE34
މިދިޔަ ބުރާސްފަތި ދުވަހު ބަރަހަނާ ހާލުގައިހުރެ އިސްލާމީ މަރުކަޒަށް ވަނީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއްކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު ބަރަހާނާ ހާލުގައިހުރެ އިސްލާމީ މަރުކަޒަށް ވަދެ އުޅުނު މިމީހާ އެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުނަމަވެސް މި މީހާ މިހާރުވަނީ ބަންދުން ދޫކޮށްލާފައެެވެ. ބަންދުން ދޫކޮށްލުމަށްފަހު ފުލުހުން ިގޮތުގައި މިމީހާ އަކީ ނަފްސާނީ ބަލިތަކެއް ހުންނަ މީހެއް ކަމަށް ކަމަށެވެ. އަދި އެމީހާގެ ސްޕޮންސަރާ ގުޅިގެން އޭނާ ބަނަގްލަދޭޝް އަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެންމެ ފުރަތަމަ ސޯޓް ބުރިއަކާއި ޓީޝާޓެއް ލައިގެން މިސްކިތަށް އަރާ އަތްމައްޗަށް ނަގައިގެން ހުރެ އަޑު ގަދަ ކުރަން ފެށުމުން މިސްކިތުގައި ތިބި ބައެއް މީހުން ވަނީ އެރޭ އޭނާއާ ސުވާލު ކޮށްފަ އެވެ. އަދި އޭނާ ވަނީ ރަށަށް ދާން ބޭނުންވާ ކަމަށް ބުނެ އަޑުގަދަ ކޮށްފަ އެވެ. އެ މީހާ މިސްކިތުން ފައިބަން އެންގުމުން ފައިބައިގެން ގޮސް އިރުކޮޅެއްގެ ފަހުން އޭނާ މިސްކިތައް އެރީ ބަރަހަނާ ވެގެނެވެ.
ބަންގްލަދޭޝަށް ނިސްބަތްވާ އެ މީހާ ހުއްޓުވީ ގިނަ އިރުތަކަކު މިސްކިތް ތެރޭގައި ބަރަހަނާ ވެގެން އުޅެނިކޮށް ފުލުހުންނާއި ސިފައިންގެ އިތުރުން އާންމުން ވެގެންނެވެ. އަދި މިހާދިސާގައި މިސްކިތުގެ ބައެއް ތަކެއްޗަށްވެސް ގެއްލުން ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.