logoEN
Sto top
ދިރާގާާއި އެފްސީ ސައިޑްގެ ކުރިމަތިލުން އެއްވަރު

ދިރާގާާއި އެފްސީ ސައިޑްގެ ކުރިމަތިލުން އެއްވަރު

އަހުމަދު މާހު

logo

9/22/2022, 5:48:07 PM

GMG_8090

ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތުގައި އެފްސީ ސައިޑް އާއި ދިރާގު ބައްދަލުކުރި މެޗު 3-3 އިން އެއްވަރު ވެއްޖެއެވެ.

Wamco

ތިނަދޫ އާރު އަވަށު ފުޓްސެލް ދަނޑުގައި ހަވީރު ކުޅުނު މެޗުަގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

މެޗުގައި ދިރާގު ލަނޑުތައް ޖަހައިދިނީ ހުސައިން ޝަހާން ނަސީރު އަދި އިބްރާޙިމް ޝަރީފުއެވެ.އެގޮތުން އިބްރާހިމް ޝަރީފް ވަނީ ދެ ގޯލް ކާމިޔާބުކޮށްދީފައެވެ. މެޗުގައި އެފްސީ ސައިޑްއިން ލަނޑުތައް ޖަހައިދިނީ މުހައްމަދު ޝަމީޒް، މުހައްމަދު އިބްރާހިމް އަދި ހުޒައިފް އަހުމަދުއެވެ.

މި މެޗުގެ މޭންއޮފްދަ މެޗަކަށް ހޮވިފައި ވަނީ އެފްސީ ސައިޑްގެ ޖާޒީ ނަންބަރު 17 ހުޒައިފް އަހުމަދުއެވެ.

ދިރާގު މި މުބާރާތުގައި ދެން ވާދަކުރާނީ އާރްއާރްސީ އާއި އެވެ. އެމެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. ހަމަ އެރޭ އެފްސީ ސައިޑް ބައްދަލުކުރާނީ ތިނަދޫ ކައުންސިލް އާއި އެވެ.

މިއަހަރުގެ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތަކީ ހުވަދޫ ރެކްރިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތްވެސް ކުރިޔަށް ގެންދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއްގްރޫޕުގައި 6 ޓީމް ހިމެނޭ އިރު އަނެއް ގްރޫޕުގައި 5 ޓީމް ހިމެނޭނެ އެވެ.

މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނާކީ އެމްޓީސީސީ، މިފްކޯ ، އެފްއެސްއެމް އަދި އެސްޓީއޯ އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ. ބެވަރޭޖަސް ޕާޓްނަރުންނަކީ ގޯސިއާ އާއި އެވިއާ އެވެ. ޕްރިންޓް ޕާޓްނަރަކީ ނޯވާޓެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside