މައިނާގެ ވައްތަރެއް ކަމުގައިވާ ސްޓާލިންގ ވޫޕްސް ގެ ގިނަ އަދެއްގެ ދޫނި ބައިގަނޑަކުން ތުރުކީގެ ސިޓިއެއް ކަމުގައިވާ ޑިޔަރުބާކިރުގެ ހައިވޭއެއް މުޅިންހެން ފުރާލައިފިއެވެ.
މަޝްހޫރު ނޫސް ޗެނެލެއްކަމުގައިވާ ރޮއިޓާސްއިން އާންމުކޮށްފައިވާ ވިޑިއޯކަން، ހައިވޭގައި ދުއްވަމުން ދިޔަ ކާރަކުން ވަރަށް ރީތިކޮށް ދޫނިތަށް މުޅި ހައިވޭއަށް ފެތުރޭ މަންޒަރު ދައްކުވައިދެއެވެ. އަދި އިތުރު ވީޑިއަކުން ފެންނަގޮތުގައި ދުންގަނޑެއްހެން ދޫނި ބައިގަނޑު މުޅި ހައިވޭއަށް ފެތުރިގެން ދާ މަންޒަރު ދަށްކުވައިދެއެވެ.
ރޮއިޓާރސްގެ މި ވީޑިއޯއަށް ރައްދު ދީ އިތުރު ވީޑިއޯ ސޯޝަލް މީޑިޔާގައި ހިއްސާކުރެވިފައި ވެއެވެ. މިވީޑިއޯގައި ފެންނަގޮތުން، ދޫނިތައް އިންސާނުންނަށް ހަމަލާދޭން ފަހަތުން އަންނަ މަންޒަރު ފެނެއެވެ. އަދި ވީޑިއޯ ކޮށްފައިވާ ފަރާތް އެއީ ބިރުވެރި މަންޒަރެއްގެ ގޮތުގައި ސިފަ ކުރައްވައެވެ.
Horrifying. pic.twitter.com/UpiIJjIAKD
— Diet Coke of Evil – (@tanyastinson) January 23, 2021
ފިނި މޫސުމުގައި ގިނަ އަދަދެއްގެ ދޫނިތަށް އެއްތަނުން އަނެއްތަނަށް ހިޖުރަކުރުމަކީ އާންމުކަމެކެވެ. މިނޫން ހާލަތްތަކުގައި ދޫނިތަށް އެސޮރުމެން އުޅޭ މާޙައުލުން އެހެން މާޙައުލަކަށް ދަތުރުކުރަނީ އެސޮރުމެން ދިރިއުޅޭ ވެއްޓަށް ކޮންމެވެސް ގެއްލުމެއް ނުވަތަ ނުރައްކަލެއް އިންސާނުންގެ ފަރާތުން ނުވަތަ އެނޫންވެސް ގޮތަކުން ކުރިމަތިވުމުންނެވެ.
މޫސުމަށް އަންނަ ތަފާތު ބަދަލުތަކާއި ނުރައްކާތަށް ދޫނި ސޫފާ ސޫފި ދެނެގަނެއެވެ. އަދި މިފަދަ ހާލަތެއް ކުރިމަތިވުމުގެ ކުރިން ދޫނި ސޫފާ ސޫފި ނުރައްކަލެއް ނުވަތަ ޤުދުރަތީ ކާރިސާއެއް ކުރިމަތިވާން އުޅޭ ތަނެއް ދޫކޮށް ރައްކާތެރި ހިސާބުތަކަށް އެކަމެއް ކުރިމަތިވުމުގެ ކުރިން ހިޖުރަކުރެއެވެ.