އަދާލަތު ޕާޓީގެ ރައީސް ކަމުގެ ރޭހަށް ހޯމް މިނިސްޓަރާއި އިސްލާމިކް މިނިސްޓަރު

އަދާލަތު ޕާޓިގެ ރައީސް ކަމަށް މިހާރުވެސް އެޕާޓީގެ ރައީސްކަން ކުރައްވާ އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރުކަންވެސް ކުރައްވާ އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރިމަތި ލައްވައިިފި އެވެ.

އަދާލަތުގެ އެތެރޭގެ އިންތިހާބުގައި ތިން ވަނަ ދައުރަށް އެ ޕާޓީގެ ރައީސް ކަމަށާ ނާއިބު ރައީސް ކަމަށް ބޭފުޅުން އިންތިހާބު ކުރާނެ އެވެ. މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގައިއެވެ. ރައީސް ކަމަށް ކުރިމަތި ލެއްވުމުގެ މުއްދަތު ހަމަވިއިރު ކުރިމަތިލާފައިވަނީ އިމްރާންއާ ޒާހިރެވެ. ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރުމަށް ހަމަޖެހިފައިވަނީ އެއްޓިކެޓެއްގައި ވާދަކޮޮށްގެންނެވެ. އެހެން ކަމުން އިމްރާންގެ ރަނިން މޭޓަކަށް އަހުމަދު ޝަރީފު ހުށަހަޅާފައިވާއިރު އަހުމަދު ޒާހިރުގެ ރަނިން މޭޓަކަށް ނަން ހުށަހަޅާފައިވަނީ އަހުމަދު ނަޝީދުއެެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމާއި ނާއިބު ރައީސް ކަމުގެ މަގާމުގެ މުއްދަތުގެ ޖުލައި 16، 2016 އަށް ވަނީ ހަމަވެފައެވެ. އެއީ ޖުލައި 17، 2011 ގައި ފެށުނު އެޕާޓީގެ ދެވަނަ ދައުރުގެ މުއްދަތެވެ. އޭގެ ފަހުން އެޕާޓީން އިންތިހާބެއް ބާއްވާފަ އެއް ނުވެއެވެ. އަދި އިންތިހާބަކަށް ހުޅުވާލާފައެއް ވެސް ނުވެއެވެ. އިންތިހާބަށް ހުޅުވާލުމާއެކު އެ ޕާޓީގެ ބައެއް މެންބަރުން ވަނީ ބޮޑެތި މައްސަލަތަކެއް ފެންމަތިކޮށް އިލެކްޝަންސް ކޮމިޝަނަށް ގިނަ ޝަކުވާތަކެއް ހުށައަޅާފައެވެ. އެގޮތުން އެންމެ ބޮޑަށް ފެންމަތިވި މައްސަލައަކީ އަންހެނުންނަށް ޕާޓީގެ ލީޑަރޝިޕަށް ކުރިމަތި ނުލެވުމެވެ. ފަހުން ދުސްތޫރު ވަނީ އަންހެނުންނަށް ލީޑާޝިޕަށް ވަޑައިގަނެވޭ ގޮތަށް އިސްލާހުކޮށްފައެވެ. އެހެން ނަމަވެސް ކުރިމަތިލުމުގެ ފުރުސަތު ހަމަވި އިރުވެސް އެއްވެސް އަންހެން ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެއެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމާއި ނާއިބު ރައީސް ކަމުގެ މަގާމުގެ މުއްދަތުގެ ޖުލައި 16، 2016 އަށް ވަނީ ހަމަވެފައެވެ. އެއީ ޖުލައި 17، 2011 ގައި ފެށުނު އެޕާޓީގެ ދެވަނަ ދައުރުގެ މުއްދަތެވެ. އޭގެ ފަހުން އެޕާޓީން އިންތިހާބެއް ބާއްވާފަ އެއް ނުވެއެވެ. އަދި އިންތިހާބަކަށް ހުޅުވާލާފައެއް ވެސް ނުވެއެވެ.

މިދިޔަ ހަތަރު އަހަރާއި ފަސް މަސް ދުވަހު ޕާޓީގެ ރައީސް ކަމުގައި އިމްރާން އަބްދުﷲ އަދި ނައިބު ރައީސް ކަމުގައި އަލީ ޒާހިރު ހުންނެވީ އިންތިހާބެއް ނެތި، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ގަވާއިދަށް ގެނައި އިސްލާހުތަކަކާއެކުގަ އެވެ. އެ އިސްލާހުތައް ވެސް ގެނެސްފައި ވަނީ އެ ދެ ބޭފުޅުންގެ ގާނޫނީ ދައުރު ހަމަވި ފަހުންނެވެ. އެއީ އޮގަސްޓް 16، 2016 ގައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް