
GMG_7624
ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތުގައި ގުރޫޕް ބީ ގައި ހިމެނޭ ކޭޑީއެމް އާއި އެމްއެންޑީއެފްގެ ކުރިމަތިލުން 2-2 އިން އެއްވަރު ވެއްޖެއެވެ.

ތިނަދޫ އާރު އަވަށު ފުޓްސެލް ދަނޑުގައި މިރޭ ކުޅުނު މެޗުަގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ.
މެޗުގައި އެމްއެންޑީއެފްގެ ޓީމަށް ލަނޑުތައް ޖަހައިދިން ކުޅުންތެރިންނަކީ އަބްދުލް ހަސީބް އަދި އަހުމަދު ނައްފާހު ޝަރީފްއެވެ. މި ދެ ގޯލް ވެސް އެމްއެންޑީއެފްއިން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. އަދި މެޗުގައި ކޭޑީއެމްގެ ޓީމަށް ގޯލުތައް ޖަހައިދިން ކުޅުންތެރިންނަކީ ހަސަން އަބްދުލް ހަކީމް އަދި އަހުމަދު އާސިމް އެވެ.
މި މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ އެމްއެންޑީއެފްގެ ގެ ޖާޒީ ނަންބަރު 16 ހުސައިން ސައީދް އެވެ.
މި މުބާރާތުގައި އަންނަ ހުކުރު ދުވަހު ރޭ އެމްއެންޑީއެފް ދެން ބައްދަލުކުރާނީ އޭސީޕީޑަބްލިއުއެސް އާއިއެވެ. އަދި އަންނަ އާދިއްތަ ދުވަހުރޭ ކޭޑީއެމް ނުކުންނާނީ ތިނަދޫ އެސްޓިއޯއާ ދެކޮޅަށެވެ.
މިއަހަރުގެ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތަކީ ހުވަދޫ ރެކްރިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތްވެސް ކުރިޔަށް ގެންދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއްގްރޫޕުގައި 6 ޓީމް ހިމެނޭ އިރު އަނެއް ގްރޫޕުގައި 5 ޓީމް ހިމެނޭނެ އެވެ.
މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނާކީ އެމްޓީސީސީ، މިފްކޯ ، އެފްއެސްއެމް އަދި އެސްޓީއޯ އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ. ބެވަރޭޖަސް ޕާޓްނަރުންނަކީ ގޯސިއާ އާއި އެވިއާ އެވެ. ޕްރިންޓް ޕާޓްނަރަކީ ނޯވާޓެކެވެ.