logoEN
Sto top
ނަހަމަ ގޮތުގައި ހޯދާ މުދަލުން ލިބޭ ވަގުތީ މަންފާއަށްވުރެ ގެއްލުން މާ ބޮޑުވެގެން ވާނެ - ޚުތުބާ

ނަހަމަ ގޮތުގައި ހޯދާ މުދަލުން ލިބޭ ވަގުތީ މަންފާއަށްވުރެ ގެއްލުން މާ ބޮޑުވެގެން ވާނެ - ޚުތުބާ

އަޙްމަދު ޖަމީލު

logo

1/22/2021, 1:32:17 PM

mosque dheen

ނަހަމަ ގޮތުގައި ހޯދާ މުދަލުން ލިބޭ ވަގުތީ މަންފާއަށްވުރެ ގެއްލުން މާ ބޮޑުވެގެން ވާނެކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

Wamco

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "ހަލާލު ގޮތުގައި މުދާ ހޯދުން" މިއެވެ.

މިއަދުގެ ޚުތުބާ ބުނީ، ނަހަމަ ގޮތުގައި ފައިސާ ހޯދުމުގެ ވަބާ އަކީ މުޖުތަމައުތައް ފަސާދަކޮށް، ނެތިކޮށްލާ ވަބާތަކުގެ ތެރެއިން އެއް ވަބާ ކަމަށާއި މިއަދު ގައުމުތަކަށް ވަނީ މިވަބާއަށް ވެކްސިނެއް ހޯދުމުގައި ނާކާމިޔާބު ވެފައިވާ ކަމަށެވެ.

ވައްކަމާއި، ފޭރުމާއި، މަކަރާއި ހީލަތުން މީސްމީހުންނާއި ދައުލަތުގެ މުދަލަށް އަރައިގަތުމަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި އަށަގަނެފައިވާ ވަރަށް ބޮޑު އިޖުތިމާއީ ބައްޔެއްގެ ގޮތުގައި ހުތުބާގައި ސިފަކުރިއެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ ވައްކަމާއި ނަހަމަ ގޮތްގޮތުން ފައިސާ އާއި މުދާ ހޯދާ މީހާއަށް، އެހޯދާ ތަކެތިން ވަގުތީ އުފަލެއް ލިބުނު ކަމުގައި ވިޔަސް، އެތަކެތި ވެގެންދާނީ އޭނާގެ އަނބިމީހާގެ ހަލާކަށް ކަމުގައެވެ. އަދި ﷲ ތައާލާ އެމުދަލުގައި ބަރަކާތް ނުލައްވާނެ ކަމަށާއި އެއިން ލިބޭ ވަގުތީ މަންފާައަށްވުރެ ގެއްލުން މާ ބޮޑުވެގެން ވާނެ ކަަމަށް ހުތުބާގައި އިތުރަށް ފާހަގަ ކުރިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside