logoEN
Sto top
ފެނަކައިން އެފްސީ ސައިޑްގެ މައްޗަށް ކުރި ހޯދައިފި

ފެނަކައިން އެފްސީ ސައިޑްގެ މައްޗަށް ކުރި ހޯދައިފި

އަހުމަދު ޝުރާއު

logo

9/20/2022, 10:48:12 PM

GMG_6062

ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތުގައި އެފްސީ ސައިޑް އާއި ފެނަކަ ބައްދަލުކުރި މެޗު 3-1 އިން ފެނަކައިން ކާމިޔާބުކޮށްފިއެވެ.

Wamco

ތިނަދޫ އާރު އަވަށު ފުޓްސެލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ވަނީ ހަމަހަމަ ކުޅުމެއް ފެނި، ގިނަ ހަމަލާތަކެއް ގޯލާ އަމާޒުކޮށްފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅު ފެނަކަ ޓީމުން ވަނީ މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނަގާފައެވެ. އެފްސީ ސައިޑުން ކުރި ފައުލްއަކާއި ގުޅިގެން ލިބުނު ހިލޭޖެހުމެއް ގޯލް ތެރެއަށް ފޮނުވާލީ ފެނަކަ ޓީމުގެ ކެޕްޓަން ސަދަގަތުﷲ ޝަފީގް އެވެ. އެގޯލަށް ފަހު އެފްސީ ސައިޑުންވެސް ވަނީ އެޓޭކަށް ގޭމް ބަދަލުކޮށް ގިނަ ހަމަލާތަކެއްް ފެނަކައިގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް ފެނަކައިން ވަނީ ލިބުނު ހަނި ފުރުސަތެއްގައި ދެވަނަ ގޯލެއް ޖަހައި ލީޑް ފުޅާކޮށްފައެވެ. މިގޯލަކީ ފެނަކައިގެ ޖާޒީ ނަންބަރު 15 އަހުމަދު ރަޝީދު ޖަހާދިން ގޯލެކެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 2-0 ގެ ނަތީޖާއަކުން ފެނަކަ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ގިނަ އިރުތަކެއް ނުވަނީސް އެފްސީ ސައިޑްއިން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ގޯލަކީ އެފަސީ ސައިޑްގެ އަބްދުﷲ ޝައުގީ ފަހި ކޮށްދިން ފުރުސަތެއްގައި އެ ޓީމްގެ ޖާޒީ ނަންބަރް 17 ހުޒައިފް އަހުމަދު ކާމިޔާބު ކުރި ގޯލެކެވެ. މި ގޯލަށްފަހު އެފްސީ ސައިޑްއިން ވަނީ ކުޅުން ރަގަޅޫކޮށް މެޗް ޑޮމިނޭޓްކޮށްގެން ކުޅެފައެވެ. ނަމަވެސް މެޗްގެ އެންމެ ފަހުވަގުތު ފެނަކައިން ވަނީ އިތުރު ގޯލެއް ޖަހައި ފަރަގޫ ފުޅާކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ފެނަކަ ޓީމްގެ ޖާޒީ ނަންބަރ 8 ނައްވިރު ރާޒީއެވެ. މިއާއެކު މެޗްނިމިގެން ދިއައީ 3-1 ގެ ނަތީޖާ އަކުން ފެނަކަ ތީމް މޮޅުވެެންނެވެ.

މި މެޗުގެ މޭންއޮފްދަ މެޗަކަށް ހޮވިފައި ވަނީ ފެނަކަ ޓީމުގެ ކެޕްޓަން ސަދަގަތުﷲ ޝަފީގުއެވެ.

އެފްސީ ސައިޑް މި މުބާރާތުގައި ދެން ވާދަކުރާނީ ދިރާގު އާއި އެވެ. އެމެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ. ފެނަކަ ދެން ވާދަކުރާނީ ކައުންސިލް އާއި އެވެ. އެމެޗް އޮންނާނީ އަންގާރަ ދުވަހުގެ ރެއެވެ.

މިއަހަރުގެ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތަކީ ހުވަދޫ ރެކްރިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތްވެސް ކުރިޔަށް ގެންދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއްގްރޫޕުގައި 6 ޓީމް ހިމެނޭ އިރު އަނެއް ގްރޫޕުގައި 5 ޓީމް ހިމެނޭނެ އެވެ.

މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނާކީ އެމްޓީސީސީ، މިފްކޯ ، އެފްއެސްއެމް އަދި އެސްޓީއޯ އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ. ބެވަރޭޖަސް ޕާޓްނަރުންނަކީ ގޯސިއާ އާއި އެވިއާ އެވެ. ޕްރިންޓް ޕާޓްނަރަކީ ނޯވާޓެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside