ސިފައިންނަކީ އަހަރަމެންގެ ރައްކާތެރިކަން ބަލަހައްޓާ މީހުންނެވެ. ރައްޔިތުންނަށް އަމަން އޮމާންކަމާއެކު ހަމަ ނިނދި ލިބިގެންދަނީ ސިފައިންގެ މަސައްކަތުންނެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އަންހެން އަދި ފިރިހެން ސިފައިން، އެމީހުންގެ ފުރާނަ، ރައްޔިތުންގެ ހައްޤުގައި ނުވަތަ ރައްޔިތުންގެ ދިފާޢުގައި، އައްޑަނަޔެއްގެ ގޮތުގައި ދިއްކޮށް ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދެއެވެ. މިހުރިހާ ކަމެއް އެއްފަރާތްކޮށް، ބަލާލާއިރު، ދުނިޔޭގެ ބައެއް ޤައުމުތަކުގައި، ރީތިކަން މޮޑެލްކުރާ ފަރާތްތަކާ އެއްވަރަށް ރީތި އަންހެން ސިފައިން އުޅެއެވެ. މޮޑެލްކުރާ ފަރާތްތަކެއް ފަދަ ރީތި އަންހެން ސިފައިން އުޅޭ 10 ޤައުމެއްގެ މައުލޫމާތު މިލިޔުމުގައި ހިމަނާލަމެވެ.
ނޯވޭގެ އަންހެން ސިފައިން
ޖާމަނީގެ ދެކުނަށް ނިސްބަތްވާ ޤައުމުތަކަށް ނިސްބަތްކުރާ "ސްކޭންޑިނާވިއަން" ޤައުމުތަކުގެ މީހުންނަކީ ދުނިޔޭގެ ރިތިކަމަށް ނަން މަޝްހޫރު މީހުން ދިރިއުޅޭ ޤައުމުތަކެކެވެ. މިގޮތުން ނޯވޭ ފަދަ ޤައުމުތަކުގެ އަސްކަރިއްޔާގެ ރީތި އަންހެން ސިފައިންނަށް ބެލިޔަސް މިކަން ފާހަގަވެއެވެ.
އެމެރިކާގެ އަންހެން ސިފައިން
އެމެރިކާގެ އަސްކަރިއްޔާގައިވެސް ގިނަ އަދަދަކަށް ރީތި މޮޑެލްތަކެއްފަދަ ސިފައިންގެ އުޅެއެވެ. އެމެރިކާގެ ސިފައިންގެ ވަރަށް މަތީ ރޭންކުތައްވެސް ރީތި ޒުވާން އަންހެން ބޭފުޅުން އަންނަނީ ފުރަމުންނެވެ. ރީތި ކަމާއެއްވަރަށް، ހުނަރާއި، ހަނގުރާމައިގެ އުކުޅުތަކަށްވެސް ކުޅަދާނަ ޤާބިލް އެތަށް އަންހެން ބޭފުޅުން އެމެރިކާގެ އަސްކަރިއްޔާގައި އެކުލެވެއެވެ.
ބްރެޒިލްގެ އަންހެން ސިފައިން
ދުނިޔޭގެ ރީތި އަންހެނުންގެ ލިސްޓެއް ހަދައިފިނަމަ، ބްރެޒިލްގެ ނަން އެލިސްޓުގައި ނުހިމަނައި، އެލިސްޓެއް ފުރިހަމަ ނުވާނެއެވެ. ބްރެޒިލްގެ އަންހެނުންނަށް އާދަޔާ ޚިލާފު ޤުދުރަތީ ރީތިކަމެއް ލިބިފައިވާއިރު، ބްރެޒިލް އަންހެން ސިފައިންނަކީވެސް ރިތިކަމަށް ދުނިޔެއަށް މަޝްހުރު ބަޔެކެވެ.
ޕޮލެންޑުގެ އަންހެން ސިފައިން
މަޑު މުށި ކުލަ ލޮލުގެ ކަޅީގައި އެކުލެވޭ، ރަން ކުލައިގެ އިސްތަށިގަނޑަކާއި، ރީތި ހަށިގަނޑާއިއެކު ގިނަ ޕޮލިޝް އަންހެނުންގެ ރީތިކަން ފުރިހަމވެގެން ދެއެވެ. މިއީ އެއްގޮތަކަށްވެސް ރީތީގެ މުބާރާތެއްގައި ބައިވެރިންގެ ސިފަކުރުމެއް ނޫނެވެ. މިއީ ޕޮލެންޑުގެ ސިފައިންގެ ތެރޭގައި އުޅޭ ރީތި އަންހެންނުގެ ސިފަކުރުމެކެވެ. ރީތި ކަމާއި އެއްވަރަށް ހުނަރުވެރި، ޤާބިލް އަދި ޖެހިލުން ކުޑަ ބައެއްގެ ގޮތުގައި ހަނގުރާމަވެރި ޕޮލެންޑުގެ އަންހެން ސިފައިން ފާހަނގަ ވެގެންދެއެވެ.
ޕާކިސްތާނުގެ އަންހެން ސިފައިން
ޕާކިސްތާނުގެ އަންހެނުންނަކީ ދުނިޔޭގެ ނިސްބަތުން ރީތި ބަޔެކެވެ. އެހެން ކަމުން ދުނިޔޭގެ އަސްކަރިއްޔާތަކަށް ބެލި ކަމުގައި ވިޔަސް މިކަން އޮތީ މިހެންނެވެ. ދުނިޔޭގެ އެންމެ ރީތި އަންހެން ސިފައިން އުޅޭ ޤައުމުތަކުގެ ތެރޭގައި ޕާކިސްތާނު ގުނާލެވެއެވެ.
އިޒްރޭލުގެ އަންހެން ސިފައިން
ގިނަ ބަޔަކަށް އިތުރު ތައާރަފަކަށް ބޭނުންނުވާ ގަލް ގަޑޮޓް އަކީ އެއްދުވަސްވަރެއްގައި އިޒުރޭލުގެ ސިފައިންގެ ތެރޭގައި މަސައްކަތް ކުރެއްވި އަންހެން ބޭފުޅެކެވެ. ގަލް ގަޑޮޓް އަށް މިސް އިޒުރޭލުގެ ލަޤަބު ލިބުމުގެ އިތުރުން، އޭނާޢާކީ މަޝްހޫރު ސެލިބްރިޓީއެކެވެ. މަޝްހޫރު އިނގިރޭސި ފިލްމުތައް ކަމުގައިވާ ވޮންޑާ ވުމެން ފަދަ ފިލްމުތަކުން ގިނަބަޔެއްގެ މަޤްބޫލުކަން ގަލް ގަޑޮޓް ހޯދާފައިވެއެވެ. ދުނިޔޭގެ ރީތި އަންހެން ސިފައިންގެ ލިސްޓުގެ ފަޚުރުވެރި 7 ވަނަ އިޒްރޭލުގެ އަންހެން ސިފައިން ވަނީ ހޯދާފައެވެ.
ޔުކްރެއިންގެ އަންހެން ސިފައިން
ޔުކްރެއިންގެ އަންހެން ސިފައިންގެ ތެރޭގައި އާދަޔާ ޚިލާފު ރީތިކަން ލިބިގެންވާ ގިނަ އަދަދެއްގެ އަންހެން ސިފައިން މަސައްކަތް ކުރެއެވެ. ޔުކްރެއިން އަންހެނުންގެ ރީތިކަން މުޅި ދުނިޔެއަށް މަޝްހޫރުވެފައި ވެއެވެ.
ސްވިޑަންގެ އަންހެން ސިފައިން
ނޯވޭ ފަދައިން ސްވިޑަންގެ އަންހެނުންގެ ރީތިކަން މުޅިދުނިޔެއަށް މަޝްހޫރެވެ. ސްވެދިޝް އާމީ އަށް ބެލިކަމުގައިވިޔަސް މިކަން އޮތީ މިހެންނެވެ. އާދަޔާ ޚިލާފު ހިތްގައިމު ރީތިކަމެއް ސްވިޑަންގެ އަހެން ބޭފުޅުންނަށް ލިބިފައިވެއެވެ.
ރަޝިޔާގެ އަންހެން ސިފައިން
ރަޝިޔާގެ އަންހެން ބޭފުޅުން ނުހިމަނައި ދުނިޔޭގެ ރީތި އަންހެނުންގެ ލިސްޓެއް ނުހެދޭނެއެވެ. ދުނިޔޭގެ ނިސްބަތުން ރީތިކަމަށް މަޝްހޫރުބަޔަކަށް ރަޝިޔާ އަންހެނުން ހިމެނެއެވެ.