މަލިކުގައި ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް ދިވެހިބަހުން!

މަލިކުގެ ފޮޓޯއެއް. ފޮޓޯ: ވަން އޮންލައިން

އިންޑިޔާގެ ޔޫނިއަން ޓެރިޓަރީ އޮފް ލަކްޝަދްވީޕް ނުވަތަ ލަކްޝަދީބުގައި ހިމެނޭ ރަށްތަކުގެ ތެރެއިން އެންމެ ދެކުނަށް އޮންނަ ރަށަކީ މަލިކެވެ.  އިންޑިޔާގެ ހުޅަނގު ދެކުނު އިމަކީވެސް މިއެވެ. އިނގިރޭސީން މަލިކަށް ކިޔައި އުޅެނީ "މިނިކޯއި" (Minicoy) އެވެ.

މަލިކުގެ ދެކުނުން އެންމެ ކައިރީގައި އޮންނަ ހިކި ފަސްތަނަކީ ދިވެހިރާއްޖެއެވެ. މިގޮތުން ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮތް ހއ. ތުރާކުނާއި މަލިކާ ދެމެދުގައި ވަނީ އެންމެ 70 ނޯޓިކަލް މޭލެވެ.

ލަކްޝަދީބު ޖަޒީރާގެ ތެރޭގައި ހިމެނޭ އެހެން ރަށްތަކުގެ ތެރެއިން މަލިކާ އެންމެ ކައިރީގައި އޮތް ކަލްޕޭންޏާއި މަލިކާ ދެމެދުގައި  114 ނޯޓިކަލް މޭލު ހުރެއެވެ.  މަލިކާއި އަދި ލަކްޝަދީބުގެ އެހެން ރަށްތަކަކީ ވެސް ދިވެހިރާއްޖޭގެ ރަށްތަކެކޭ އެއްގޮތަށް މުރަކައިން އުފެދިފައިވާ ޖަޒީރާ ރަށްތަކެކެވެ.

މަލިކާއި ދިވެހި ރާއްޖެއާއި ވަރަށްބޮޑު ގުޅުމެއް ވެއެވެ. މަލިކު އުފެދިފައިވާ ހިސާބަށް ބެލިކަމުގައި ވިޔަސް، އިންޑިޔާއަށްވުރެ، މަލިކާއި ކައިރީ ދިވެހިރާއްޖެއާއެވެ. ސަޤާފަތާއި ދިރިއުޅުމުގެ ވައްޓަފާއޅި އަދި ވާހަކަ ދައްކާ ބަހުރުވަޔަށް ބެލިކަމުގައި ވިޔަސް މަލިކު މީހުންނާއި ދިވެހިންނާއި ގާތް ގުޅުމެއް ވާކަން އެނގިގެން ދާނެއެވެ.މަލިކު މީހުންވެސް ވާހަކަ ދައްކައި އުޅެނީ ދިވެހި ބަހުންނެވެ. ލިޔަން ބޭނުންކުރަނީ ދިވެހި ތާނަ އަކުރުތަކެވެ. ކާބަފައިންގެ ޒަމާނުގައި ދިވެހިން މަލިކަށް ދަތުރުފަތުރުކޮށް އުޅެފައިވެއެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މަލިކުގައި ދިރިއުޅެނީ ދިވެހިންނެވެ. އިންޑިޔާގެ އަސަރު އަދި އިންޑިޔާގެ ދިރިއުޅުމުގެ ވައްޓަފާޅި އަދި ސަޤާފަތް މަލިކުން ފެންނަނީ ވަރަށް ކުޑަކޮށެވެ.  މީގެ އިތުރުން މަލިކަކީ މުސްލިމުން ދިރިއުޅެމުން އަންނަ ރަށެކެވެ.

އިންޑިޔާގެ ލަކްޝަދީބުގެ ވެރިކަންކުރާ ކަވަރައްދޫއިން ގިނައަދަދެއްގެ ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން،  ލަކްޝަދީބުގެ ރަށްތަކުގެތެރެއިން އެންމެ އެކަހެރިކޮށް ދުރުގައި އޮތް މަލިކުގެ މާމިސްކިތަށް ނަމާދަށް އަރާ މީހުން ކޮވިޑް19 ގެ ނުރައްކާ، ސަމާލުކަމަށްޓަކައި ގެނައުމަށް މަލިކު ބަހުން ނެރުފައިވާ އިއުލާނެއްގެ ފޮޓޯ ހިމަނާލަމެވެ.

ކޮވިޑް19ގެ ބަލިމަޑުކަން، އެއްވެސް މިންވަރަކަށް މަލިކުގައި ފެތުރިފައި ނުވުމުން، މަލިކުން އެއްވެސް މީހަކު އަދި ކޮވިޑް19 އަށް ފައްސިވެފައި ނުވެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް