
ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021: ބައިވެރިވުމުގެ ފުރުސަތު 31 ޖެނުއަރީީގެ ނިޔަލަށް
0F1A3259-98AF-453D-B9CB-91CC39D85DAD
ހަވަރު ސްޕޯޓްސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގައި ބައިވެރިވުމުގެެ ފުރުސަތު ވަނީ ހުޅުވާލައިފައިއެވެ.

ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ ޖެނުއަރީ 5 ވަނަ ދުވަހުއެވެ. އަދި ބައިވެރިވުމުގެ ފުރުސަތު ވަނީ 31 ޖެނުއަރީ ގެ ނިޔަލަށް ހުޅުވާލެފިއެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓީމް ލިސްޓު ހުށަހަޅަން ޖެހޭ ފަހުތާރީހެއް ގޮޮތުގައި ކަނޑައަޅާފައިވަނީ 10 ފެބްރުއަރީ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ނަންނޯޓު ކުރުން ހަވަރު ސްޕޯޓްސްއަށް ގުޅުއްވައިގެން ކުރިޔަށް ގެންދެވޭނެއެވެ. އެގޮތުން 9886005 އަށް ގުޅުއްވައިގެން ނަންނޯޓު ކުރެވޭނެއެވެ. މިއަހަރުގެ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު ގދ ތިނަދޫ ، އާރުއަވަށު ޓާފް ދަނޑުގައި އެވެ.
ހަވަރު ސްޕޯޓްސްއިން ތިނަދޫ ސްޓޭޑިއަމްއާއި ގުޅިގެން ބާއްވާ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް މިފަހަރު އިއުލާން ކޮށްފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ވެސް ޓީމްތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެވެ.
މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.
ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.