logoEN
ކޮކާކޯލާ
މިއީ ކާކުކަން އިނގޭތަ؟

މިއީ ކާކުކަން އިނގޭތަ؟

bernie-gloves-v2

މިދިޔަ ބުދަ ދުވަސް ވެގެންދިޔައީ ދުނިޔޭގެ އެންމެންގެ ކަޅިވެސް އެއްދިމާއަކަށް ހުޓިގެން ދިޔަ ދުވަހަކަށެވެ. އެމެރިކާގެ 46 ވަނަ ރައީސް ޖޯ ބައިޑެން އަދި އެމެރިކާ ތާރީހުގައިވެސް ފުރަތަމަ އަންހެން ނައިބު ރައީސް ކަމަލާ ހެރިސް ހުވާކުރުމުގެ ރަސްމިއްޔާތުވެގެން ދިޔައީ މުޅި ދުނިޔޭގެ އެންމެންވެސް އެކަމަކަށް ކަޅި ހުއްޓިގެން ދިޔަ ދުވަހަކަށެވެ. މި ރަސްމިއްޔާތުގައި ފާހަގަ ކޮށްލެވޭ އެތައް ކަމެއް ހިގައިގެން ދިޔައިރު މުޅި ސޯޝަލް މީޑިއާގަ އެތައްބައެއްގެ ނަޒަރު ހުއްޓިގެން ދިޔަ އެއް މަންޒަރަކަށްވީ ބާނީ ސޭންޑާސް އެވެ.

އަބުޅޯ

undefined

އުމުރުން 79 އަހަރުގެ ބާނީ ސޭންޑާސް އެންމެންގެ ލޮލުގަ އަޅައިގަތީ އޭނާ އެފަދަ ބޮޑު ރަސްމިއްޔާތައް ވަޑައިގަތްއިރު ތުރުކުރައްވައިގެން ހުންނެވި އާދައިގެ ފިނި ޖެކެޓެއްގެ ސަބަބުންނެވެ. ސޭންޑާސް ވިދާޅުވިގޮތުގައި ފެޝަނަށްވުރެ އޭނާ ހިޔާރު ކުރީ އެ ރަސްމިއްޔާތުގައި ފިނި ހެދުމެއް ލުމަށެވެ.

އެމެރިކާގެ ސެނަޓުގައި މަސައްކަތްކުރަމުންއަންނަ ސޭންޑާސްއަކީ މީގެ ކުރިން 2 ފަހަރެއްގެ މަތިން އެމެރިކާގެ ރައީސް ގެ މަގާމަށް ކުރިމަތިިލެއްވި ބޭފުޅެކެވެ. އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ނޮމިނޭޝަންގައި 2016 އަދި 2020 ވަނައަހަރުވެސް ނާކަމިޔާބުވެ ދެފަހަރުވެސް ލިބިފައިވަނީ ދެވަނައެވެ. ސޭންޑާސް އެމެރިކާގެ ސެނަޓަކަށް އިންތިހާބުވުމުގެ ކުރިން 1991- 2007 ށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވް ގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި 1981-1989އަށް ބާރލިންގޓަންސިޓީގެ މޭޔަރު ކަމުގެ މަގާމުވެސް ސޭންޑާސް ވަނީ އަދާކޮށްފައެވެ.

ޔުނިވަރސިޓީ އޮފް ޗިކާގޯއިން, ޕޮލިޓިކަލް ސައެންސްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކޮށްފައިވާ ސޭންޑާސް އަކީ ކޮލެޖް ދުވަސްވަރުން ފެށިގެން ސިޔާސީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ބޭފުޅެކެވެ. ޖޯ ބައިޑެން ގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ސޭންޑާސް ކިތަންމެ އާދައިގެކޮށް ފެނުނަސް ސޭންޑާސް އަކީ އެމެރިކާގެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ