
ސިޔާސީ ފިކުރަކާއިހެދި ފެނަކައިން މުވައްޒިފުން ވަކިނުކުރާނެ - ސައީދު
big_Qrymx8oMOyDsV2VdeG8XbNHZd
ސިޔާސީ ފިކުރު ތަފާތު ވުމުގެ ސަބަބުން ފެނަކަ ކޯޕަރޭޝަންގެ މުވައްޒިފެއް ވަޒީފާއިން ވަކިކޮށްފައިނުވާނެ ކަމަށާއި ނުވެސް ކުރާނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

" ގާފު އެކްސްކްލޫސިވް " އަށް ދެއްވި ހާއްސަ އިންޓަވައިއުއެއްގައި ސައީދު ވިދާޅުވިގޮތުގައި ހުރިހާ ފިކުރެއްގެ ބަޔަކަށްވެސް ވަޒީފާއަދާކުރުމުގެ ފުރިހަމަ މިނިވަންކަން މާހައުލެއް ފެނަކައިގަ އޮންނާނެ ކަމަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އެހެންނަމަވެސް އަހްލާޤީ މިންގަނޑުން ބޭރުވާ މުވައްޒިފުންނާއި މެދު ކުންފުނީގެ ޤަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެކަންވެސް ސައީދު ފަހަގަކުރެއްވިއެވެ.
ސައީދު އިތުރަށް ވިދާޅުވިގޮތުގައި ފެނަކައިގައި އެއްވެސް ސިޔާސީ ބޭނުމަކަށްޓަކައި ހަރަކާތްތަކެއް ނުހިގާނެއެވެ. އަދި ފެނަކައިގެ ދޮރު ހުރިހާ ފިކުރެއްގެ ބަޔަކަށްވެސް ހުޅުވިފައި ހުންނާނެކަމަށާއި ފަންނީ މުވައްޒުފުންނަށް ކުންފުނިން އަބަދުވެސް މަރުހަބާ ކިޔާނެކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި މިހާރު ފެނަކަ ކޯޕަރޭޝަންގައި މަސައްކަތްކުރަމުން އަންނަ މުވައްޒިފުން ކުރިއެރުވުމުގެ ގޮތުން މުސްތަގްބަލުގައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަން ސައީދު ވަނި ފާހަގަކުރައްވާފައެވެ.
ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިންގ އެންޑް ރިސާޗްގެ އެންމެ ފުރަތަމަ ޕްރޮގްރާމް މިއަހަރު ފެބްރުއަރީ 1 ގައި ފެށޭނެކަން ސައީދުވަނީ އިއުލާންކުރައްވާފައެވެ. އަދި މި އިންސްޓިޓިއުޓް މެދުވެރިކޮށް ތަމްރީން ތަކުގެ އިތުރުން ކުންފުނީގެ މަސައްކަތްތަށް ރަނގަޅުކުރުމަށާއި ޒަމާނީ ފެންވަރަށް ކުންފުނި ގެންދިޔުމަށްޓަކައި ގިނަ ރީސާޗްތަކެއް ކުރެވޭނެކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.