logoEN
ޕީއެންސީ 2
ރާއްޖޭގެ ކަރަންޓުބިލްތަކަކީ ނިސްބަތުން އެހާ ބޮޑު ބިލްތަކެއްނޫން - ސައީދު

ރާއްޖޭގެ ކަރަންޓުބިލްތަކަކީ ނިސްބަތުން އެހާ ބޮޑު ބިލްތަކެއްނޫން - ސައީދު

އަހުމަދު ޝުރާއު

logo

1/22/2021, 7:40:16 PM

big_GjAK1YMzGyKNyN0

ރާއްޖޭގެ ކަރަންޓު ބިލްތަކަކީ ދުވަހުން ދުވަހަށް ކުރާ ހޭދައާ އަޅާ ބަލާއިރު ނިސްބަތުން އެހާ ބޮޑު ބިލްތަކެއް ނޫންކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޝަރީ 2024

" ގާފު އެކްސްކްލޫސިވް " އަށް ދެއްވި ހާއްސަ އިންޓަވައިއުއެއްގައި ކަރަންޓު ބިލްތަށް ބޮޑުވާ މައްސަލައާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ ކަރަންޓު ބިލްތަށް ބޮޑު ކަމަށް ޤަބޫލު ނުކުރާ ކަމަށާއި ދުވަހުން ދުވަހަށް ކުރާ ހޭދައާ އަޅާ ބަލާއިރު ނިސްބަތުން ކަރަންޓު ބިލްތަށް ބޮޑުނޫންކަމަށެވެ. އެގޮތުން ދުވަހުން ދުވަހަށް ސިގިރޭޓް ބައްލަވާ ބޭފުޅުންނާއި ، ކޮފީ ބައްލަވާ ބޭފުޅުންނާއި އެހެނިހެން ޒަރޫރީ ކަންތަތަކަށް ބަލާ ދުވަހުގެ ހަރަދައަށް ބަލާއިރު ކަރަންޓުބިލް ތަށް ކުޑަކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ބިލް ބޮޑުވުމަށް ދިމާވާ އެއްކަމަކީ ބޭނުންކުރެވޭ ވޮލްޓޭޖް އިތުރުވުން ނުވަތަ ބޭނުން ކުރާ ކަރަންޓު ކުރީމަހަށްވުރެ އިތުރަށް ބޭނުން ކުރެވުން ކަމަށާއި ނުހިނގާ ޔުނިޓެއް ކަރަންޓުބިލުގައި ހިމަނާފައިނުވާނެކަން ވަނީ ސައީދު ފާހަގަކުރައްވާފައިއެވެ. އަދި ޖޫރުމަނާތަށް ނުވަތަ ކޮމްޕައުންޑް އިންޓްރެސްޓް ނޫން އެހެން ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަން ވެސް ސައީދު ވަނީ ވިދާޅުވެފައިއެވެ.

ސައީދު އިތުރަށް ވިދާޅުވިގޮތުގައި ނުދެއްކި ގިނަދުވަސްވާ ބިލްތައް 3 މަހާއި 6 މަހާއި 12 މަހަށް ބަހާލައިގެން ފައިސާ ދެއްކޭ ފަސޭހަ ނިޒާމެއް މިހާރު ވަނީ ގާއިމު ކުރެވިފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ