ގދ ތިނަދޫގައި މިވަގުތު އިމާރާތްކުރަމުން އަންނަ އިންޖީނުގެ އޮޕަރޭޝަނަށް ގެނެވުމާއިއެކު ތިނަދޫ އިންޖީނުގެ އަކީ ރާއްޖޭގައި ނަމޫނަ އިންޖީނުގެއަކަށް ވެގެން ދާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސައީދު މިގޮތަށް ވިދާޅުވީ " ގާފު އެކްސްކްލޫސިވް " އަށް ދެއްވި ހާއްސަ އިންޓަވައިއުއެއްގައި އެވެ. ސައީދު އިތުރަށް ވިދާޅުވިގޮތުގައި ތިނަދޫ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ވަރުގެ އިންޖީނުގެއެއް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެނިގެންދާނެ ކަމަށެވެ. އަދި އާ އިންޖީނުގެ އޮޕަރޭޝަނަށް ގެނެވެންދެން މިހާރު ބޭނުންކުރާ ވަގުތީ ކަރަންޓު މާބޮޑު މައްސަލައެއް ދިމާނުވެ ދާއިމީ ހައްލަކާއި ހަމައަށް ދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ސައީދު ވިދާވިއެވެ.
ސައީދު ސިފަކުރެއްވި ގޮތުގައި ތިނަދޫ އިންޖީނުގެއަކީ ގޮންޖެހުން ބޮޑު ހިތަށް އުނދަގޫ އަސަރުތަކެއް ކުރުވަނިވި އިންޖީނު ގެއެކެވެ. ސައީދު ވިދާޅުވިގޮޮތުގައި ތިނަދޫގަ ކަރަންޓު ކެނޑުމުގެ އެންމެ ބޮޑު ސަބަބަކީ އެކަމެއް ކުރަން އޮންނަ ގޮތައް އެކަމެއް ނުކުރުމުގެ ނަތީޖާ އެއްކަމަށެވެ.
އަދި ހަމައެއާއި އެކު އެންމެ ފަހުން ތިނަދޫގެ ކަރަންޓަށް ދިމާވި މައްސަލަ ދެނެގަނެވުނު ނަމަވެސް ބޭނުންވާ ބައެއް ސާމާނު ތިނަދޫއަށް ގެނައުމަށް ލަސްތަކެއް ވުމުގެ ސަބަބުން ކަރަންޓު ނުދެވި ލަސްވި ކަމަށް ގަބޫލު ކުރާކަމަށާއި މި ނިޒާމުގަ ގެންގުޅޭ ބައެއް އާލާތްތަކަކީ މާރުކޭޓުގަ ދޮންކެޔޮ ހުންނަގޮތައް ލިބެންހުންނަ އެއްޗެއް ނޫންކަމަށާއި މައިގަނޑުކޮށް ދިމާވާ ހުރިހާ މައްސަލައަކަށް ބޭނުންވާ ސާމާނު ފެނަކަ ސްޓޯރުން ނުވަތަ ކައިރި ރަށްރަށުން ލިބެން ހުންނަ ކަމުގައި ވީ ނަމަވެސް އެއްރަށުން އަނެއްރަށަށް އެ ތަކެތި ގެންދިޔުމުގައި ލަސްތަކެއް ވާކަމަށް ސައީދު ވިދާޅުވި އެވެ.
2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ތިނަދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަނުގައި ހުރި ހުރިހާ ޖަނެރޭޓަރުތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިގެން ގޮސްފައެވެ. އެހާދިސާގެ ސަބަބުން ތިނަދޫއިން ކަރަންޓު ކެނޑި ހަތަރު ދުވަހާއި، ތިން ރޭ ވަންދެން އެރަށު ރައްޔިތުން ތިބީ ކަރަންޓު ނުލިބި، ކަނު އަނދިރީގައެވެ. އަދި ހަމަ އެ ހަދިސާއަށް ފަހު ތިނަދޫއިން ކަރަންޓު ކެނޑިގެން ދިޔުން ވެފައިވަނީ އާންމު ކަމަކަށެވެ.
ގދ.ތިނަދޫގައި ފެނަކައިން އަލަށް އިމާރާތް ކުރާ އިންޖީނުގެ އިމާރާތުގެ ބިންގާ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ އަޅާފައިއެވެ.
One Response
ތޯ ރޮއިގަން!