
GMG_2352
ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތުގައި ފެނަކަ ޓީމާއި ދިރާގު ބައްދަލުކުރި މެޗު 0-0 އިން އެއްވަރު ވެއްޖެ އެވެ.

ތިނަދޫ އާރު އަވަށު ފުޓްސެލް ދަނޑުގައި ކުޅުނު މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ވަނީ ހަމަހަމަ ކުޅުމެއް ފެނި، ގިނަ ހަމަލާތަކެއް ގޯލާ އަމާޒުކުރި ނަމަވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުވެފައި ނުވެއެވެ.
މެޗު ނިމެން މިނިޓެކަށް ވެފައި ވަނިކޮށް ފެނަކަ އަށް ވަނީ ގޯލެއް ކާމިޔާބުކުރުމަށް ވަރަށް ފަހި ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އެ ޝޮޓުގެ ހުރަހަކަށް ވީ ދިރާގު ޓީމުގެ ކީޕަރެވެ. މެޗުގައި ދެޓީމުގެ ކީޕަރުންވެސް ގިނަ ސޭވްތަކެއް ކޮށް މޮޅު ކުޅުމެއް ދައްކާފައިވެއެވެ.
ފެނަކަ ޓީމާއި ދިރާގު ބައްދަލުކުރި މި މެޗުގެ މޭންއޮފަދަ މެޗަކަށް ހޮވިފައި ވަނީ ފެނަކަ ޓީމުގެ ގޯލްކީޕަރު ޖާޒީ ނަންބަރު 25 ޝާރިގް އަބްދުﷲ އެވެ.
ފެނަކަ ދެން ބައްދަލުކުރާނީ އެފްސީ ސައިޑް އާއި އެވެ. އެމެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 21:30 ގައި އެވެ. ދިރާގު އެރޭ 20:30 ގައި ބައްދަަލުކުރާނީ ތިނަދޫ ޕޮލިސް ޓީމާއި އެވެ.
މިއަހަރުގެ ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތަކީ ހުވަދޫ ރެކްރިއޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމުލަ 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތްވެސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއްގްރޫޕުގައި 6 ޓީމް ހިމެނޭ އިރު އަނެއް ގްރޫޕުގައި 5 ޓީމް ހިމެނޭނެ އެވެ.
މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނާކީ އެމްޓީސީސީ، މިފްކޯ ، އެފްއެސްއެމް އަދި އެސްޓީއޯ އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ. ބެވަރޭޖަސް ޕާޓްނަރުންނަކީ ގޯސިއާ އާއި އެވިއާ އެވެ. ޕްރިންޓް ޕާޓްނަރަކީ ނޯވާޓެކެވެ.