ކުރީގެ ރައީސް ޔާމީން ޖަލަަށްލައި އަނިޔާ ކުރުމުގައި އެންމެ އިސްވެ އޮތީ އަވަށްޓެރި އިންޑިޔާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިރޭ ޕީޕީއެމްގެ އޮފީސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވިގޮތުގައި ރައީސް ޔާމީން ޖަލަށް ލައި އަނިޔާ ކުރަމުން މިއަދުގެ ސަރުކާރުން ގެންދަނީ ސީދާ އިންޑިއާގެ އަމުރަަށް ކަމަށާއި، އޭގައި ސީދާ އަމުރު ކުރަނީ އިންޑީޔާގެ ޕްރައިމް މިނިސްޓަރު، ނަރެންދްރާ މޯދީ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީލޯންޑްރިންގެ ކުށުގެ ދައުވާއަށް ކްރިމިނަލް ކޯޓަށް ތާއިދު ކުރާކަމަށް ހައިކޯޓުން ނިންމުމުން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން މިރޭ މަގުމަތީގައި ކުރި މުޒާހަރާ ނިންމުމަށްފަހު ޕީޕީއެމްގެ އޮފީސްގައި ވާހަކަ ދައްކަމުން އަދުރޭ އިތުރަށް ވިދާޅުވިގޮތުގައި، މިއަދުގެ ސަރުކާރަކީ އިންސާފުވެރި ސަރުކާރެއް ނޫންކަމަށާއި، އެކަން މިއަދު ފެނިގެން ހިނގައްޖެ ކަމަށެވެ، އިތުރަށް އަދުރޭ ވިދާޅުވި ގޮތުގައި މިއަދުގެ ސަރުކާރުން ދެން ޖެހޭނީ ރައީސް ޔާމީންއަށް އިންސާފް ދޭންކަމަށާއި އެކަން ވެގެން ދާނެ ކަމަށެވެ.
މިރޭ އިދިކޮޅުން ކުރަމުން އަންނަ މުޒާހަރާގައިވެސް އެންމެ ބޮޑަށް އަޑު އުފުލަމުން ދިޔައީ ރައީސް ޔާމީން މިނިވަން ކުރުމާއި އެކު އިންސާފު ގާއިމް ކުރުމަށެވެ، އެގޮތުން ރައީސް ޔާމީން އަށް މަނީލޯންޑްރިންގްގެ ކުށް ސާބިތުވެ ޖަލަށް ލާން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ.